ޚަބަރު ޝަރުޢީ ދާއިރާ

އިދިކޮޅު މުޒާހަރާ: ހައްޔަރުކުރީ މުޒާހަރާކޮށްގެންނެއް ނޫން, ފުލުހަކަށް ހަމަލާ ދީގެން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މމއިދިކޮޅުގެ މުޒާހަރާއެއްގެ ތެރެއިން- ފޮޓޯ/ ދެން

މި މަހުގެ 27 ވަނަ ދުވަހުގެރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާގެތެރެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by Sosun Fihaara

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން، މި މަހުގެ 27 ވަނަ ދުވަހުގެރޭ ކުރި މުޒާހަރާގެ ތެެރެއިން ޖުމްލަ 21 މީހުން ހައްޔަރުކުރިއެވެ. ނަމަވެސް ދެ މީހަކު ފިޔަވައި އެންމެން އެ ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފައެވެ.

ދެން ތިބި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދެއްވީ 15 ދުވަހެވެ.

ބަންދުކުރި މީހުން:

ޢަބްދުﷲ ޢަދުލީ 47 އ.
އިބްރާހިމް ޒަމީލް 50 އ.

އެ ދެ މީހުންނަށް ކުރަނީ މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ.

ކޯޓުގައި އައިއޯ ވިދާޅުވީ އެ މީހުން ހައްޔަރުކުރީ މުޒާހަރާކޮށްގެންނެއް ނޫން ކަމަށާއި ފުލުހަކަށް ހަމަލާދިނުމުން ކަމަށެވެ.

ފުލުހަކަށް ހަމަލާދިންކަމަށް ހެކިބަސްދޭ ފުލުހެއްގެ ބަޔާނެއް މައްސަލައާއެކު ހުށަހަޅާފައިވޭ. ފުލުހުންގެ ފަރާތުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށްކަމަށްވާނަމަ, އެކަން ފުލުހުންގެ ކަންކަން ބެލުމަށް ކަނޑައަޅާފައިވާ އިދާރާއަކަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމުގެ ފުރުސަތު އޮންނާނެ. ޢަމުރުގައިވެއެވެ.

ވ.އާރަށު މައްސަލައިގައި ރައީސް ޔާމީނަށް އުފުލި ދެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ކްރިމިނަލް ކޯޓުން އެ މަނިކުފާނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ، މި މަހުގެ 25 ވަނަ ދުވަހުއެވެ. އެރެއިން ފެށިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކޮންމެ ރެއަކު ވެސް މުޒާހަރާ ކުރަމުންނެވެ. އެންމެ ފަހުން ކުރި މުޒާހަރާގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވެސް ހައްޔަރުކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!