އެމްޑީއޭގެ ވެރިކަމެއްގައި ދަނޑުވެރިންގެ ޖީބަށް ޑޮލަރު ވަންނަ ގޮތް ހަދައިދޭނަން: ސިޔާމް
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ވެެރިކަމެއްގައި ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަ ގޮތް ހައްދަވައި ދެއްވާނެ ކަމުގައި އެ ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ ޓިކެޓުގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ސިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން, މި ޤައުމަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގައި ހައްދާ ތަކެތި ކަމުގައި ހަދާނެ ކަމަށެވެ.
އަޅުގަނޑުމެންގެ ވެރިކަމެއްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިގައުމަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ 1/3 އަކީ ރާއްޖޭގައި ހައްދާ ތަކެތި ކަމުގައި ހަދައި, ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަގޮތް ހަދައިދޭނަން.
މިދިޔަ ނޮވެމްބަރު މަހު ސިޔާމް ވަނީ އެ ޕާޓީގެ ސަރުކާރެއްގައި އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެކަމުގައި ވެސް ވިދާޅުވެފައެވެ. އަދި ކައިވެނި ރޫޅި, ދަރިން ބިކަވާ އެކަނިވެރި މައިންނަށް ކޯޓުގެ ތެރެއިން ދަރިންނަށް ޚަރަދު ނުދޭ ކަންކަން ބަލައި ދެކޮޅުޖެހޭ ދާއިމީ ހައްލެއް ވެސް ގެނެސްދެއްވާނެކަމުގައެވެ.
މިހާރުވެސް މިވައްދަނީ އެމީހުންގެ ޖީބަށް ކޮންމެ މީހަކުވެސް ކޮޑަށްލަނީ ޑިމޮކްރަސީ އަތަށްލަނީ ފެހި ގާނުން ޖީބައްލަނީ ކޮރަޕްޝަނާއި ފަސާދަ