ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ކުރިޔަށްގެންދާ ހިނގާލުން ފަށައިފި

ކުރީގެ ރައީސް އަދި އިދިިކޮޅު ލީޑަރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގިނަ އަދަދެއްގެ ބަޔަކާއިއެކު މާލޭގައި ބާއްވާ ހިނގާލުން ފަށައިފިއެވެ.
ހިނގާލުން ފަށާފައިވަނީ މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. މިވަގުތު ހިނގާލުމުގެ ބައިވެރިން ހަރަކާތްތެރި ވަމުންދަނީ އިސްކަންދަރު ސްކޫލް ސަރަހައްދުގައެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރޭގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒާއި، ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް އާއި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުވެސް ހިމެނިވަޑައިގަންނަވައެވެ.
މާލޭގައި މި ހިނގާލުން ކުރިޔަށްދާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ރައީސް ޔަމީން މިނިވަން ކުރުމަށް ގޮވާލައި ހިނގާލުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތަފްސީލް އަންނަނީ..