ޚަބަރު

މުޅި އެމްޑީޕީ އޮތީ ރައީސް ޞާލިޙްގެ ފަހަތުގައި: އަބްދުﷲ ޝާހިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ... ދެން އިމޭޖްސް

މިއަދު ކޮންމެ ދިމާއަކުން ވެސް އިވިގެންދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރިޔަށް ވަޑައިގަންވާށޭ ކިޔާ އަޑު ކަމަށާއި މުޅި އެމްޑީޕީ އޮތީ ރައީސް ޞާލިޙްގެ ފަހަތުގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީ ކުރިޔަށްގެ ނަމުގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގެންނެވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް ޞާލިޙްގެ އަރިހުގައި މުޅި ދައުލަތާއި އެމްޑީޕީ ވެސް ތިބި ކަމަށާއި، 2023 ވަނަ އަހަރު ދެވަނަ ދައުރަކަށް ރައީސް ޞާލިޙް އިންތިޚާބު ކުރަން ބޭނުންވާ ކަމަށެވެ.

"ކަންފަތް ދިއްކޮށްލީމާ އިވެނީ އެންމެ އަޑެެއް. އުތުރަށް ދިއްކޮށްލިޔަސް، ދެކުނަށް ދިއްކޮލިޔަސް. މެދުރާއްޖެ ތެރެއިންވެސް. ރައީސް ޞާލިޙް ކުރިޔަށްވަޑައިގެންނަވާށޭ. މަނިކުފާނުގެ ފަހަތުގައި މުޅި ދައުލަތް މި އޮތީ. ކުރިޔަށް ވަޑައިގަންނަވާ، އެމްޑީޕީ މި އޮތީ މަނިކުފާނުގެ ފަހަތުގައި. ދިވެހި ރާއްޖޭގެ ރައްޔިތުން އެކީގައި އަތުގުޅައިގެން ގޮސް ރައީސް ބައިންދާނީ އަނެއްކާވެސް ރާއްޖޭގެ ރައީސްކަމުގައި" އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރައީސް ޞާލިޙާއެކު ހެޔޮ ވެރިކަމެއް ކަމަށެެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރާއްޖޭގައި މި ނިޒާމް އަބަދަށް ހެޔޮވެރިކަމެއްގެ ގޮތުގައި ބޭއްވުމަށް، އަޅުގަނޑުމެން ބޭނުންވެގެން މި އުޅެނީ މި ނިޒާމުގައި ރައީސް ޞާލިޙް އަނެއްކާ ވެސް ވެރިކަމަށް ގެނެސް މި ނިޒާމުގައި ކުރިޔަށްދާން"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕެއިން ފޯރި ގަދަވެފައިވާއިރު، މި އިންތިޚާބުގައި ރައީސް ޞާލިޙާ ވާދަ ކުރައްވަނީ، އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ފަރާތްތަކުން ވެސް ވަނީ ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ.

Ads by HDC
  1. ޔާރޭ

    ހާދަހާބިރެއްގަނެފިއޭ ތިކަމާ، ދެން ރނަޝީދުގެ ފަހަތުގާ އެތިބީ ކޮން ޑީޕީއެއްގެ ބައެއްތަ؟ މޮޔާގޮވިއަސް ދެން މީ ބޮޑުވަރު، މި ޝާހިދުއަށްހީވަނީ މީނަ ރައީސް އިބުރާހިމްގެ ފަތުން ދުވުނީމާ އެއީ އެމްޑީޕީ އެއްކޮށް ރއިބުރާހިމަށް އޮއްސާލެވުނީ ކަމަށް، ތީވަކި ކޮންޕާޓީއެއްގެ މީހެއް، ތީކީ އެމްޑީޕީ މީހެއްވެސް ނޫން، މާދުރުން އައިން ތިރިކޮށްލައިގެން އުޅޭ ހިޔަޅުބާގާގެ މީހެއް، ތި އޅެނީކީ އެމްޑީޕީއަށް ހެވެއް އެދިގެން އެމްޑޕީ ވެގެނެއްވެސް ނޫން، ތިއުޅެނީ ދޮގުސަނާތަކެއް ކިއައިގެން ވެސް މަގާމުގެ ދަހިވެތިކަމުގާ ގައުމަށްލިބުނު އެތައް އެހީތަކެއް އަމިއްލަޖީބަށް އަޅާލައިގެން، އެކަންސިއްރުކުރާން ކަމަށް ރައީސް އިބުރާހިމަކީ މީހަކު ސަނާކިއައިފިއްޔާ ގައުމު ނޮޅާލިއަސް އެމީހަކު ދިފާއުކުރާ މީހެއް، ޒާތީ ތައައްސޮބުން ފޯވެފާހ