ރޭގެ ހާޒިރީއަށް ބަލައިލުމުން، ރައީސް ޞާލިހަކީ އެންމެ ރަނގަޅު ޗޮއިސް ނޫންކަން އެނގޭ: ވައްޑޭ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރުމުގެ ގޮތުން ރޭ އެމްޑީޕީގެ މައި ހަރުގެ ކައިރި ބޭއްވި ޖަލްސާގެ ހާޒިރީއަށް ބަލައިލުމުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަކީ 2023 އަށް އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ޗޮއިސް ނޫންކަން އެނގޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީއިން ބޭއްވި ޖަލްސާއަށްފަހު ކުރެއްވި ޓްވީޓެއްގައި ވައްޑޭ ވިދާޅުވީ 2018 ކުރީކޮޅު ރައީސް ޔާމީން ބޭއްވި ހާޒިރީ ޖަލްސާއެއްގެ އަދަދާ، 4 އަހަރަށްފަހު އަލަށް މިރޭ ރައީސް ސޯލިހު ބޭއްވެވި ހާޒިރީ ޖަލްސާގެ 2 ފޮޓޯ އަޅާކިޔާލީމާ، ރައީސް ސޯލިހަކީ 2023 އަށް ނެރެން އެމްޑީޕީއަށް ޗޮއިސްއެއް ނޫންކަން ސާފުވާނެކަމަށެވެ.
ރޭ އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި އެޕާޓީގެ ކެމްޕޭން ޖަލްސާއަށް ގިނަ ބަޔަކުގޮސްފައިވާއިރު މި ޖަލްސާއަށް ދިޔަ ގިނަމީހުން ގޮސްފައިވަނީ ވަޒީފާގެ ބިރަށް ކަމަށްވެސް ޝޯޝަލް މީޑިޔާގައި ދަނީ ތުހުމަތު ކުރަމުންނެވެ. ވައްޑެވެސް އެ ތުހުމަތު ކުރެއްވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވާފައިވާއިރު ދައުލަތުގެ ވަޒީރުންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައިކަން ފާހަގަކޮށްލެވެއެވެ.
އޭ މިހިރަ ފައިނު ސަންގޯރާ! ތިއެއް ދައްކާލާނަން މިފަހަރު އިންތިޚާބުގަ!!!
ވައްޱ. ކަލޭތިހިޜ. ބީތާވެފަތައް