ދީން

އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަކު އަނެކަކަށް ހެޔޮ މަގު ދައްކުވައިދޭން ޖެހޭ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަކު އަނެކަކަށް ހެޔޮ މަގު ދައްކުވައިދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އަޅުތަކުން ރުޖޫޢަވާހުށީ اللهގެ ޙަޟްރަތަށެވެ" މިއެވެ.

ހުތުބާގައި ބުނެފައިވަނީ އެކަލާންގެ އަޅުތަކުންނަށް ދެ މަގެއް އިހްތިޔާރުކޮށްފައިވާ ކަމަށެވެ. އެއީ ހެޔޮމަގާއި ނުބައިމަގެވެ. މި ދެ މަގުން ކުރެ މަގެއް އިހްތިޔާރު ކުރުމަށް އިންސާނުންނަށްއެކަލާންގެ މަޖުބޫރު ނުކުރާ ކަމަށާއި އެހެންކަމުން ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތަކަށް މަސްއޫލުވާން ޖެހޭނެ މީހެއް ކަމަށް ބުނެފައިވެއެވެ.

އަދި ހެޔޮމަގު އިހްތިޔާރުކޮށް ހެޔޮމަގުގައި ސާބިތުވެތިބެ ހެޔޮކަންތައް ކުރާ މީހުންނަށް ހެޔޮކަން ބޮޑު ކަމަށާއި އެމީހުންނަށް ގިނަގުނަ ސަވާބު ލިބޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޤިޔާމަތް ދުވަހަށް ބިރުވެތިވެ، އެ ދުވަހަށްތައްޔާރުވާން ޖެހޭ. އެ ދުވަހަކީ އެއްވެސް މީހަކު އަނެކަކަށް އެހީތެރިވެދޭނެ ހާލަތެއްގައި ތިބޭނެ ދުވަހެއް ނޫން. ކޮންމެ މީހަކަށްވެސް ފައިދާ ކުރާނީއެމީހަކު ދުނިޔެމަތީގައި ކޮށްފައިވާ ހެޔޮ އަމަލުތަކަށް” ޚުތުބާގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ސުވަރުގޭގެ މަތިވެރި ދަރަޖަތައް ހާސިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ޤިޔާމަތް ދުވަހަކީ ދުނިޔެމަތީގައި ކުރާ އަމަލުތަކަށް ޖަޒާދެއްވާ ދުވަސް ކަމަށްޚުތުބައި ބުނެފައިވެއެވެ.

  1. ޙޮޑާފުށީކެޔޮޅު

    ތިކަމަކީ ހުއްދަ ދޫކޮއްފަ އޮން މީހުންނައް މިރާއްޖޭގަ ކުރެވޭ ކަމެއް