ޕަޕަރާޒީންނަށް އާލިއާއާއި ރަންބީރުގެ ފަރާތުން ހާއްސަ ސައެއް!

ބޮލީވުޑްގެ "ޕަވާ ކަޕުލް" އެއްގެ ގޮތުގައި މަޝްޙޫރު އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ފަރާތުން ޕަޕަރާޒީންނަށް ހާއްސަ ސައެއް ދީ ގިނަ ޝަރުތުތަކާއެކު ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފިއެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެފައިވާގޮތުގައި މިދެތަރިންގެ ފަރާތުން ޕަޕަރާޒީންނަށް ދިން މިހާއްސަ ސައިގެތެރޭގައި ވަރަށް މުހިންމު ކަމެއްވެސް ވަނީ ހިނގާފައެވެ. މިގޮތުން އާލިއާއާއި ރަންބީރުގެ ދަރިފުޅު ރަހާ ކަޕޫރުގެ ފޮޓޯއެއް މިސައިގައި ބައިވެރިވި ޕަޕަރާޒީންނަށް ވަނީ ފޮޓޯ ނުނެގުމަށް އެދި އެމީހުންގެ ފޯނުން ދައްކާލައިފައެވެ.
ބޮލީވުޑްގެ ބައެއް ތަރިންނަކީ ދަރިން ލިބުމަށްފަހު އެދަރިންގެ ރައްކާތެރިކަމަށްޓަކައި މީޑިއާއަށް ފޮރުވައިގެން ގެންގުޅޭ ބައެކެވެ. އެހެންނަމަވެސް ޕަޕަރާޒީންގެ ކެމެރާތަކަށް ނާރާ ސަލާމަތް ވެވެނީ ވަރަށް މަދު ފަންނަނާނުންނަށެވެ. މިގޮތުން އާލިއާއާއި ރަންބީރުވެސް ދަނީ ރަހާ ކަޕޫރުގެ ފޮޓޯއެއްވެސް މީޑިއާގައި އާއްމު ވެދާނެތީ ވަރަށް ބޮޑަށް ބަލަމުންކަމަށާއި ދަރިފުޅުގެ ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަކަމަށް މިދެތަރިން ވަނީ މީގެ ކުރިން ބުނެފައެެވެ.
ގިނަދުވަސްތަކެއް ވަންދެން "ލިވިން އިން ރިލޭޝަންޝިޕެއް"ގައި އުޅުމަށްފަހު ކައިވެނި ކުރި މި ދެތަރިންގެ ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ވަނީ އިއުލާނުކޮށްފައެވެ. އަދި މިދެތަރިންގެ ފުރަތަމަ ދަރިފުޅު ރަހާ ކަޕޫރު ވިހާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.