ޚަބަރު ސިޔާސީ

ސަރުކާރުގައި ޑިމޮކްރަސީ ހޭކިލާފައިވެސް ނެތް: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި "ޑިމޮކްރަސީ ހޭކިލައިފައިވެސް ނެތް" ކަމަށް ވިދާޅުވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ނައިބު ރައީސް އަޙްމަދު ޝިޔާމް، ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝިޔާމް މިހެން ވިދާޅުވެފައިވަނީ ޗެނަލް13ގެ ސީއީއޯ، އަދި ނޫސްވެރިޔާ މުޙައްމަދު ސަމާހު ހައްޔަރުކޮށް، ގޭބަންދު ކުރުމާ ގުޅިގެން އެކަން ކުށްވެރި ކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ކުރެއްވި ޓްވީޓުގައި ވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް އޮތް ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ފާޑުވިދާޅުވެ، "ޕޯޑިއަމެއް އަތު ޖެހުނީމާ، މޮޅު ވާހަކަ ދައްކަވަނީ" ކަމަށް ވިދާޅުވެފައެވެ.

"ތަކުރާރުކޮށް ސަމާހު، މީޑިއާ ފާހާއެކު، ތިމަންނައަކީ ޗެނަލް13ގެ ނޫސްވެރިއެކޭ ބުނި. ހައްޔަރު އެކަންޏެއް ނޫން، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަން ކުރުމުގެ ހައްޤުވެސް ހިފެހެއްޓީ. ޑިމޮކްރަސީ ހޭކިލާފަވެސް ނެތް." ޝިޔާމް ވިދާޅުވިއެވެ.

ޗެނަލް 13 ގެ ސީއީއޯ މސަމާހު 30 ދުވަސް ވަންދެން ކޮންމެ ދުވަހަކު އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގޭގައި ހުރުމަށް ކޯޓުން ވަނީ އަންގަވައިފައެވެ.

ސަމާހް އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ އާދިއްތަ ދުވަހުގެ ރޭ އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށެވެ.

  1. ދިފާއުގައި

    ބަލަ މިތިބަ މޮޔައިންތަކާ! ޑިމޮކްރަސީއަކީ ތިއީއެވެ…އެއީ އެއްވެސް ހަމައެއް ލަމައެއް ނެތް އެއްޗެކެވެ…މިހާރު އެ ވެފައި އެވަނީ ކަލޭމެން އަޅުކަންކުރާ ހަވާ އަށެވެ…އެއަށް އެއްދުވަހު އެއްޗެހި ކިޔާނެއެވެ..އަނެއް ދުވަހު ތަޢިުރީފު ކުރާނެއެވެ…އެކަމަކު ދާއިމީ ތަޢުރީފާ ޘަނާ ލިބިގެންވާ ހަމައެކަނި އުޞޫލަކީ ނުވަތަ ޤާނޫނަކީ ނުވަތަ ދިރިއުޅުމުގެ ވަޢްޓަފާޅިއަކީ އިސްލާމީ ޝަރީޢަތެވެ..

  2. ސޭކުސްތާން

    ދުނިޔޭގެ ތާރީޚު ދުވަހަކުވެސް ނުދެކޭ ފަދަ ނިންމުމެއް ތިޔައީ..އެހެންނޫންތަވާނީ އެމްޑީޕީއަކީ އަބަދުވެސް ހަމަކެނޑިފަ ތިބޭބަޔަކު ހިންގާޕާޓީއެއް.