ޚަބަރު ސިޔާސީ

ރައީސް ޞާލިޙްގެ ކެމްޕެއިން އިވެންޓް މިރޭ، ރައީސް ނަޝީދުގެ ކެމްޕެއިން އިވެންޓް ބުރާސްފަތި ދުވަހު މާލޭގައި

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ ވަންއޮންލައިން

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއާއި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން އިވެންޓެއް މާލޭގައި ބާއްވަން ނިންމައިފިއެވެ.

Ads by Hajj Corporation

ރައީސް ޞާލިޙްގެ ކެމްޕޭން ޓީމުން ވިދާޅުވީ މާލޭގެ އެމްޑީޕީ މެމްބަރުންނާއި ކެމްޕެއިން ޓީމުތަކާ އެކު ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި ދަރުބާރުގޭގައި ކަމަށެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން އިވެން ބާއްވަން ހަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެ އިވެންޓު އޮންނާނީ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި 20:30ގައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ފޯރިގަދަވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ގެންދަވަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެޕްރައިމަރީގެ ފޯރިގަަދަވެފައިވާއިރު، ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންވެސް ދަނީ އަތޮޅުތެރޭގައި ހަރަކާތްތެރިވަމުންނެވެ.

ރައީސް ޞާލިޙްގެ ކެމްޕެއިން ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ.އަތޮޅަށެވެ. ރައީސް ނަޝީދު ވަނީ އއ، އދ، ދ. އަދި ފ އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް ފައްޓަވާފައެވެ.

Ads by Ooredoo
  1. ރައްޔިތުމީހާ

    މިއީހަމަ ދެބަހުލޫލުން ރައްޔިތުން ގުނބޯހެއްދުމަށް މަކަރާހީލަތުން އުޅޭ ދެ މުނާފިގުން މިމީހުންގެބަސް އެއްވެސް ދިވެހިރައްޔިތަކު ޤަބޫލުނުކުރާތި މިއީހަމަ ފާޅުވެގެންވާ ދެ ގައްދާރުން ރައްޔިތުން ވިސްނައިގެން ތިބޭތި