4 އަހަރު ހޭދަކުރީ ރައްޔިތުން ހަވާލުކުރި މަސައްކަތްތައް ކުރުމުގައި، މިއަދު އަމާންކަން ގެނެވިއްޖެ
ފާއިތުވެދިޔަ 4 އަހަރު ހޭދަކުރީ ރައްޔިތުން ހަވާލުކުރި މަސައްކަތްތައް ކުރުމުގައި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ހުޅުމާލެ ރައްޔިތުންނާ އެކު މިހާރު ކުރިޔަށްދާ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ކޮންމެ މީހަކަަށްވެސް ވެރިކަން ހަވާލުކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަމުގައި ދެމިހުންނަން ޖެހޭ ކަމަށާއި އެކަން މީގެ ކުރިން ކުރެވިފައިނުވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަދި ވެރިކަމަށް އައުމަށްފަހު ރައްޔިތުން އެމަނުކުފާނާ ހަވާލުކުރި މަސައްކަތްތައް ކުރުމުގައި 4 އަހަރު ހޭދަކޮށްފައިވާ ކަމަށާއި ބޮޑެތި ބަދަލުތައް ގެނެސްދެއްވި ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި މާލޭގެ މަގު މައްޗަށް އަމާންކަން ގެނެވިއްޖެ ކަމަށާއި އެކަން ދަމަހައްޓަން ޖެހޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“ރައްޔިތުން ހަވާލުކުރި މަސައްކަތްތައް ކުރުމުގަ 4 އަހަރު މި ހޭދަކުރީ. ފެނުވަޑައިގަންނަވާނެ ގެނެވުނު ބަދަލުތައް. މާލޜގެ މަގުމައްޗަށް އަމާންކަން ގެނެވިއްޖެ. އަޅުގަނޑުމެން ބޭނުންވަނީ މިކަން ދަމަހައްޓަން” ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ތަންފީޒު ކުރަމުން އެ ގެންދަވަނީ އެމްޑީޕއާ ކޯލިޝަނުން އެކުލަވާލި މެނިފެސްޓޯ ކަމަށާއި ފުއްދަމުން ދަނީ އެމްޑީޕީ ވި ވަޢުދުތައް ކަމަށެވެ. އޭގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމާއި ރާއްޖެއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނައުން ހިމެނޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައިސްސޯލިހުތިބޭފުޅާހާދަހާހަރާން‘ކޯރުވާހަކަފުޅުދައްކަވާބޭފުޅެއް
ކަންމިހާރުހުރިހާރަތްޔިތުއްނަޢްއެގިއްޖެއަޅުގަންޑުހިތައްއަރާނީ
މިފަހަރުރައިސްސޯލިހުއަށްވެރިކަންލިބިއްޖެނަމަރާތްޖޭގެރަތްޔިތުއްގެކަރުހަނާލާނެމީނާމިއުޅެނީގެރިމޯދީއާގުޅިގެޢްއިންޑިއާގެމުސްލިމުއްނައްކުރަމުއްދާލާއިންސާނީގަރިމާރާތްޖޭގެމުސްލިމުއްނައްޖަޣްސައް
އަމާ ހަނދާން ކުރި 4 ވަންދެން