އަލުން ރައީސް ނަޝީދު ވެރިކަމަށް ގެނައުމަކީ ވަރަށް ގެއްލުން ބޮޑުވާނެ ކަމެއް: ޝެއިޚް އަލީ ޒައިދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން ވެރިކަމަށް ގެނައުމަކީ ވަރަށް ގެއްލުން ބޮޑު ކަމެއްކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ވިދާޅުވީ ރައީސް ނަޝީދާއި އެބޭފުޅާއާއި އެއްވެސް ޒާތީ މައްސަލައެއް ނެތްކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދު ކަމުނުދަނީ އެބޭފުޅާގެ ދީނާ ދުރު ޚިޔާލާތުތަކާއި ސިޔާސަތުތައް ކަމަށާއި އެކަންކަމަށް ފާޑުކިޔުމަކީ ޒާތީވުމެއް ނޫންކަމަށެވެ.
"ރައީސް ނަޝީދު އަކާއި އަޅުގަނޑުމެންނާއި ޒާތީ އެއްވެސް މައްސަލައެއް ނެތް! އަޅުގަނޑުމެންނަށް ކަމުނުދަނީ އެބޭފުޅާގެ ދީނާދުރު ޚިޔާލާތުތަކާއި ސިޔާސަތުތައް! އެކަންކަމަށް ފާޑުކިޔުމަކީ ޒާތީވުމެއް ނޫން. ލިވާތު މައްސަލަ ހެއްކަކަށް ފުދޭ. އަލުން ރައީސް ނަޝީދު ވެރިކަމަށް ގެނައުމަކީ ވަރަށް ގެއްލުން ބޮޑުވާނެ ކަމެއް." ޝެއިޚް ޒައިދު ވިދާޅުވިއެވެ.
ޒައިދު މިހެން ވިދާޅުވީ ރައީސް ނަޝީދަށް ވެރިކަން ނުލިބޭތޯ ދުޢާކޮށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވެފައިވަނިކޮށެވެ.
ޑރ. އިޔާޒް ވިދާޅުވީ ނަޝީދަކީ ދީނީ އަދި ދުނިޔަވީ ގޮތުންވެސް ޤައުމަށް ބޮޑެތި ގެއްލުންތަކެއްދީފައިވާ ފަރާތެއް ކަމަށާއި ނަޝީދަށް އިތުރު ގެއްލުމެއް ދިނުމަށް ފުރުޞަތެއް ނުލިބުން އެދި ދުޢާކޮށް ގަދައަޅައި މަސައްކަތް ކުރަންޖެހޭކަމަށެވެ
ވެރިކަމަށް ގެންނަންވީ ސޭޚުކަމުގެ ތާޖުއަޅުއްވައިގެން ސިޔާސީ މައިދާނުގައި އުޅުއްވާ ބޭފުޅުން