އަސް ދުއްވަނިކޮށް ރަންދީޕް ހޫޑާއަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރަންދީޕް ހޫޑާ އަސް ދުއްވުމުގެ ތެރޭގައި ލިބުނު ސީރިއަސް އަނިޔާތަކެއްގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އެބަދެއެވެ.
ރަންދީޕަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަކޮށްފައި ނުވިނަމަވެސް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ ހޭނެތި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާ "ކޮމްޕްލީޓް ބެޑް ރެސްޓް" އަކަށް ދިޔުމަށް ޑޮކްޓަރ ވަނީ ލަފާ ދެއްވާފައިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ އަހަރުވެސް އޭނާއަށް ވަނީ ސަލްމާން ހާންގެ ފިލްމް "ރާދޭ"ގެ ޝޫޓިންގައި އުޅެނިކޮށް އަނިޔާވެ އޭނާގެ ކަނާއަތު ފައިގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.
ކާމިޔާބު ފިިލްމްތައް ކަމުގައިވާ "ރާދޭ"، "ކިކް" އަދި " މާރޑާ 3" ގައި ރަންދީޕް ވަނީ މުހިންމު ރޯލުތައް އަދާކޮށް ބެލުންތެރިންގެ ލޯބި ހޯދާފައެވެ. އަދި އޭނާ މިހާރު އަންނަނީ ކުރިއަށް އޮތް ފިލްމް "ސަވަރކާރ" އަށް ތައްޔާރުވުމުގެ ގޮތުން ބަރުދަން ލުއި ކުރުމުގެ މަސައްކަތް ކުރަމުންކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.