”ޤައުމުތަކުގެ ވެރިން ވިދާޅުވަނީ ކޮބާހޭ ތި ހޯދި ފޯމިއުލާ އަކީ”
ރާއްޖެއަކީ ދުނިޔެއަށް އޮތް މިސާލެއް ކަމަށާއި ކޮވިޑުން އަރައިގަނެވުމުން ރާއްޖެއިން އެކަމުގައި ހޯދި ފޯމިއުލާ އަކީ ކޮބައިތޯ ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިން ވިދާޅުވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ޞާލިޙާއެކު އައްޑޫ ސިޓީއަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް ބަލީގައި ރާއްޖެ އޮތްއިރު ރާއްޖެ ބަނޑަށް ޖެހިދާނެ ކަމަށާއި ބަނގުރޫޓު ވެދާނެ ކަމަށް އެތައް ބަޔަކު ބުނަމުން ދިޔަ ކަމަށެވެ.
އެހެންނަމަވެސް ދިވެހިން ބަނޑަށް ޖެހިޔަ ނުދީ، އަސާސީ ބޭސްފަރުވާ ލިބޭނެ ގޮތަށް ކޮވިޑުން ސަލާމަތްވާނެ ގޮތްތައް ކަނޑައަޅައި އެގޮތުގެ މަތިން ރައީސް ޞާލިޙް މަސައްކަތް ކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަނދާންވޭ ނޫންތޯ، މަގުމަތީގައި، މަޖިލީހުގައި ބަނޑަށް ޖެހެނީ މާދަމާ، މިއަންނަ މަހު، މި އަންނަ ހަފްތާގައި" ޝާހިދު ވިދާޅުވިއެވެ.
އަދި ރާއްޖެއަކީ ދުނިޔެއަށް އޮތް މިސާލެއް ކަމަށާއި އެކި ޤައުމުތަކުގެ ވެރިން ރާއްޖެއިން ހޯދި ފޯމިއުލާއަކީ ކޮބާތޯ އައްސަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
“ރާއްޖެއަކީ މިއަދު ފަހުރުވެރިކަމާއެކު މި ދަންނަވަނީ ދުނިޔެއަށް އޮތް މިސާލެއް. ދުނިޔޭގެ ގައުމުތަކުގެ ވެރިން ވިދާޅުވަނީ ކޮބައިހެއްޔޭ ކަލޭމެން ތި ހޯދި ފޯމިއުލާއަކީ” ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރު ރާއްޖޭގެ އިގްތިސޯދު 12 ޕަސެންޓު ކުރިއަރާނެ ކަމަށް ވޯލްޑްބޭންކުން ބުނެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
Thisaahidhu kairee kongaumakunthoa ehee konfoamilaaeh heykaleymehoadhee gaumugenan ehfaharu sigundaa saahidhakah nubunevunu mulhin buhuthaan dhoguhadhanee vagukaleyge mulhi gaukumu dhoruvaalaifi mi gundaa saahidhu bodu balaaeh.
ރުޅިއައިސްގެން ފުނޑުފުނޑު ވިޔަސް ކުރާނެ ކަމެއް ނެތް!! ހަމަ ތިހެން ގޭގަ އެކަނި އޮވެ ލޯގަނޑު ކުރިމަތީހުރެ ބަލާޔަށް ގޮވާލަގޮވާލަން ހުންނަންޖެހޭނީ!!! ޝާހިދު ބުނި އެއްޗެއް ގަބޫލުކުރަން ޖެހޭނީ…ނުކޮށް ވަކި ކީއްކުރާނީ “ހަމް” ކަލޯ!!!