އައިސޮލޭޝަން އަށް ގެންދިއުމަށް އެޗްޕީއޭ އިން ގުޅީ ޖަނާޒާ ކުރިއަށް ދަނިކޮށް
ކޮވިޑް-19 އަށް މީހަކު ފައްސިވެ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް އެޗްޕީއޭ އިން ގުޅީ އެމީހާ ނިޔާވެގެން ޖަނާޒާގެ ކަންތައްތައް ކުރިއަށް ދަނިކޮށްކަމަށް ބުނެ އެޗްޕީއޭ އަށް މީހަކު ފާޑު ކިޔައިފިއެވެ.
67 އަހަރުގެ ދުވަސްވީ މީހަކު މިއަދު ނިޔާވެގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ކުރި ޓްވީޓް ރިޓްރީޓް ކުރަމުން މީހަކު ބުނެފައިވަނީ ، އެޗްޕީއޭ އިން ނިޔާވި މީހާ އައިސޮލޭޝަން އަށް ގެންދިއުމަށް ގުޅާފައިވަނީ އޭނާގެ ދަރިފުޅު އޭނާގެ ޖަނާޒާގެ ކަންތައްތަކުގެ މަސްއޫލިއްޔަތު އަދާ ކުރަމުން ދަނިކޮށް ކަމަށެވެ. ނިޔާވެފައިވަނީ މި ޓްވީޓް ކުރި މީހާގެ ބޮޑު ބޭބެ ކަމަށްވެސް ޓްވީޓްގައި ބުނެފައި ވެއެވެ.
އަދި ހަމަ އެހެންމެ އޭނާ ވަނީ މުއާލަމާތު ކުރުމުގައި އެޗްޕީއޭ އިން ފެއިލް ވުމުން ވެސް އެޗްޕީއޭއަށް ރައްޔިތުން ބޯލަނބާނެ ކަމަށް ހީކުރަނީ ތޯ ސުވާލު އުފައްދާފައެވެ.
ރާއްޖޭގައި މީގެ ކުރިން ނިޔާވެފައިވާ ބައެއް ފަރާތްތަކާމެދުވެސް އެޗްޕީއޭ އިން އިހްމާލު ވެފައިވާކަމަށް ތުހުމަތުތައް ވަނީ ކުރެވިފައެވެ.
ޢެހެންދޯވާނީ ނުކެތުނަސް މީހުން އިތުރު ނުކުރޭ. މަސައްކަތކުރާ އެބަޔަކަު ގޮސް 24 ގަޑިއިރު މަސައްކަތް އެކުރަނީ ކޮންމެ ދުވަހަކު. ޙެލްތު މިނިސްޓްރީ ތީ އުވާލަން ވެފަ އޮތް ތަނެއް. މީހުންގެ މުސާރަ ކުޑަތާގަ މީހުންނަށް ލުއިކުރަން އިތުރަށް މުވައްޒަފުންވެސް ނަގާކަށް ނުކެރޭ. ތިތިބަ ކޯޓުތަކުގަ ކަމެއް ނުކޮށް މޭޒުކާރި ތިބޭ ލީގަލް އޮފިސަރުންނަށް 20000 މުސާރަ ދީފަ. މި ރާއްޖޭގަ މުށާރަވެސް ދެނީ ވަކި ރެސްޕޯންސިބިލިޓީއަށް ބަލާފަކާ އެއްނޫން.