ޚަބަރު އިޖުތިމާޢީ

ހުކުރު ޚުތުބާ އިނގެރޭސި ބަހުން ޝާޢިއު ކުރަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިއު ކުރަން ފަށައިފިއެވެ.

Ads by MWSC
އެ މިނިސްޓްރީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ އިސްލާމްދީނަށް ލޯބިޖައްސައި ދީނީ މަޢުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެ މިނިސްޓްރީން ކުރިއަށްގެންދަވާ ކަމެއް ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، މިކަމުގެ ސަބަބުން، ރާއްޖޭގައި އުޅޭ ބިދޭސީންނަށް އިސްލާމްދީނުގެ މަޢުލޫމާތު ވީހާވެސް ބޮޑަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މިގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެ ފަހުން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިއުކުރާނެއެވެ.

އަދި މި އަހަރުގެ ފުރަތަމަ ދެ ހުކުރުގެ ޚުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.

އިސްލާމީ ދަޢުވަތު ފެތުރުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!