ޚަބަރު ސިޔާސީ

ރިވެތި ގޮތަކީ ވެރިކަމުން ފޭބުމަށްފަހު ވާދަ ކުރުން ކަމަށް ވިދާޅުވުމުން ރޮޒެއިނާ ރައްދު ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރިވެތި ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމުން ފޭބުމަށްފަހު ޕްރައިމަރީގައި ވާދަ ކުރުން ކަމަށް ވާދަވެރި ކެންޑިޑޭޓު މުހައްމަދު ނަޝީދު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރައްދު ދީފިއެވެ.

Ads by Sosun Fihaara

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ގދ. ހޯނޑެއްދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކެންޑިޑޭޓަކަށްވާ ހިސާބުން ރައީސުލްޖުމްހޫރިއްޔާކަން އެ ވަގުތަށް ދެން ދޫކޮށްލައްވަން ޖެހޭނެ ކަމަށާއި ހަމަހަމަކަމާ އެކީގައި ވާދުކުރައްވައި ރިވެތި ގޮތުގައި އެ ކަން ކުރަން ޖެހޭނެކަމަށެވެ.

ނަޝީދުގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ރިވެތި ގޮތަށް ކަންތައްކުރާނަމަ ރިޔާސީ ނިޒާމެއްގަ ޕާރޓީގެ ސިޓިންގ ޕްރެޒިޑެންޓެއް ހުއްޓާ 2 ވަނަ ދައުރަކަށް ޕްރައިމަރީ އެއް ނުވެސް އޮންނާނެކަމަށެވެ.

"ރިވެތިގޮތަށް ކަންތައްކުރާނަމަ ރ ނިޒާމެއްގަ ޕާރޓީގެ ސިޓިންގ ޕްރެޒިޑެންޓެއްހުއްޓާ 2 ވަނަދައުރަކަށް ޕްރައިމަރީ އެއްނުވެސްއޮންނާނެ. އަދި އެމަނިކުފާނާ ވާދަކޮށް ޕާޓީތެރެ ގަޑުބަޑުކުރާކަށް ނުވެސް އުޅުއްވާނެ. އެކަތިގަނޑެއްހެން އެންމެން އެކީ ރ އިބޫ އާއެކު ނުކުތީސް" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ދެވަނަ ދައުރަކަށް ނުކުތްއިރު އެމްޑީޕީ އިން ރައީސް ނަޝީދާއި ވާދަ ކުރަން އެއްވެސްމީހަކު ނިކުމެފައި ނުވާކަމަށެވެ. އަދި އެއީ ރިވެތި ގޮތަށް ކަންތައް ކުރަންވެގެން ކުރި ކަމެއް ކަމަށާއި ރައީސް ނަޝީދަށް އެ ރިވެތިގޮތް ނޭގުމުގެ އަގު އެމްޑީޕީއަށް ވަރަށް ބޮޑުވާނެ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ގިނަ މީހުންނަށް ހެޔޮ ވިސްނޭތީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

Ads by HDC
  1. ާމާމީ

    ށޯ