ޚަބަރު

ހޯރަފުށީ ކައިރިން ކިނބުލެއް ފެނިއްޖެ

ޢާއިޝަތު އަރީނާ

ހއ. ހޯރަފުށީ ކައިރިން ކިނބުލެއް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީުހޯފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން، ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި ކިނބުލެއް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ކިނބޫ މިހާރު އޮތީ ސިފައިންގެ ބެލުމުގެ ދަށުގައެވެ.

ކ. ބޮލިދުއްފަރު ކައިރިން ވެސް މި މަހުގެ 12 ވަނަ ދުވަހު ކިނބުލެއް ފެނިފައިވެ އެވެ. އެ ކިނބޫ ހިފައި ސިފައިން ފަހުން އޭތި ކަނޑަށް ދޫކޮށްލިއެވެ.

  1. ދުނިޔެެ

    މުޅިރާެއްޖޭގަަ ކިނބުލުގެެ އުދަގޫޖެހެންފެށީތަަ ތިކިނބުލެއްގެެ ކިބައިންސަލާމަތްް ވެވެންއޮތްބޮތެއްް ބަލަންފެނޭޭ