ސިޔާސީ

މަވޯޓާގެ ސުވާލެއް: މީހުން ދިރިއުޅޭ ރަށްރަށުގައި، ރަލާ އޫރު މަސް ވިއްކަން ހުއްދަ ދޭން އުޅުނީ ކޮން ބޭފުޅެއް؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު--

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން މަސައްކަތް ކުރި ބޭފުޅެއްގެ މަތިން، އެއްވެސް މީހަކު ހަނދާން ހުރިތޯ، ރައްޔިތުންގެ މަޖިލީހުގެ މަަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ސުވާލު ކުރައްވައިފިއެވެ.

Ads by MWSC

އޭނާ މި ސުވާލު އުފައްދަވައިފައިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދު ކުރާ ފަރާތްތަކަށް އަމާޒު ކުރައްވައެވެ. ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދެވެ.  ރައީސް ޞާލިޙުގެ ފަޅީގައި ހުންނެވި ޝަރީފު ކުރެއްވި ޓްވީޓެއްގައި، ރާއްޖޭގެ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކަވަން އުޅުއްވި ބޭފުޅެއްގެ މަތިން، އެއްވެސް ރައްޔިތަކު ހަނދާން ހުރިތޯ އެއްސެވިއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު ގިނަ ބަޔަކު އެއްވެ ކުރި މުޒާހަރާއެއްގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދަ ނުދޭން ސަރުކާރަށް ގޮވާލިއެވެ.

ސަރުކާރުން މިކަމަށް ހުއްދަ ދޭން އޭރު މަސައްކަތް ކުރީ އައްޑޫ ސިޓީ ފަދަ އާބާދީ ބޮޑު ތަންތަނުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ދެވެން ނެތްއިރު، ފަތުރުވެރިންނަށް ޚިދުމަތްދީ، ރަލާ އޫރު މަސް ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ބުނެއެވެ.

  1. ިސޭކުސްތާން

    ޖަވާބު:ތިޔަބޭފުޅުން[އެމްޑީޕީން]