ޚަބަރު ސިޔާސީ

މިދައުރު ނިމޭއިރު ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ އެއްވެސް ރައްޔިތެއް ނުހުންނާނެ: ރައީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދައުރު ނިމޭއިރު ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ އެއްވެސް ރަށެއް އެއްވެސް ރައްޔިތެއް ނުހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އިއްޔެ ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރުވެސް 144 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު މިހާރުވެސް ދަނ ކުރިއަށް ކަމަށެވެ.

"މިހާރުވެސް 144 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް އެދަނީ އަޅުގަނޑުމެން ވީ ވައުދާ އެއްގޮތައް އަޅުގަނޑުމެންގެ ފުރަތަމަ ދައުރުގެ ފަސް އަހަރު ނިމޭ އިރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ އެއްވެސް ރަށެއް އެއްވެސް ރައްޔިތެއް އިރާދަކުރެއްވިއްޔާ ނުހުންނާނެ " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ލިބެނީ ވަރަށް މަދު ރަށެއްގައި ކަމަށާއި ހަރަދު ހިނގި ނަމަވެސް އެކަން ކުރަން މަޖުބޫރުވީ އެހެންވެ ކަމަށެވެ. އެހެންނަމަވެސް މިމަޝްރޫއުތަކުން ލިބޭނީ އިގްތިިސާދީ ފައިދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި މި ހިދުމަތް ލިބެނީ މަދުރަށެއްގައި އަޅުގަނޑުމެންގެ ވެރިކަން ކުރާ މާލެ އަށާއި އަދި ވަކިވަކިން އަތުން ގުނާލެވޭ ދެއަތުން ގުނާލެވޭ ވަރުގެ ރަށްރަށަށް އެހެންވެ އެ ބުރަ ބޮޑު މަސައްކަތް ފަށައިގެން އަޅުގަނޑުމެންނަށް ކުރަން މަޖުބޫރުވީ ހަރަދު ހިނގާނެ އެހެންވިޔަސް މިއިން ކޮންމެ ކަމެއްގެ ފަހަތުގައި އޮތީ ފައިދާ އިގްތިސާދީ ފައިދާ ރައްޔިތުންނަށް ވަޒީފާ އާމްދަނީ ވަކިވަކި ފަރުދުންނަށް" ރައީސް ވިދާޅުވިއެވެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލާ ދުވަސް ކައިރިވަމުން އަންނަ އިރު ކެމްޕޭނުގެ ފޯރި ދުވަހެއް ދުވަހަކަށް ދަނީ ގަދަވަމުންނެވެ. ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!