ޚަބަރު ސިޔާސީ

ވޭތުވެ ދިޔަ ސަރުކާރުތަކުން އަރިއަތޮޅަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ: ރައީސް ޞާލިޙް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވޭތުވެ ދިޔަ ސަރުކާރުތަކުން އަރި އަތޮޅަށްވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި މިސަރުކާރުން އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް މިގޮތަށް ހުރި ރަށްރަށަށް ކަންތައް ކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އއ. މާޅޮހަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަތިވެރީ ދާއިރާގެ 5 ރަށަކީ އާބާދީ މަދު ރަށްރަށް ކަމުން ވޭތުވެ ދިޔަ ސަރުކާރުތަކުން އެރަށްރަށް މާބޮޑަށް އަޅާ ނުލައްވާ ކަމަށެވެ.

"ހުރިހާ ރަށެއްގެ ބޯފެނާއި ނަރުދަމާގެ ނިޒާމަކީ ބޭނުންޖެހިފައި އޮތް ކަމެއް. ލަފާފުރުން ދަތި އެތައް ރަށެއް މިދާއިރާގައި އެބައޮތް ސިއްހީ ހިދުމަތް ބޭނުންވެފައި ހުރި އެތައް ރައްޔިތުންނެ އެބަތިބި ތައުލީމު ދަރިންނަށް ދިނުމަށްޓަކައި ރަށުގައި ތިބެގެން ދިރިއުޅުން ބިނާކުރުމަށްޓަކައި ބޭނުންވާ އެތައް ރައްޔިތުންނެއް މިދާއިރާގައި އެބަތިބި" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަރި އަތޮޅަކީ ޓޫރިޒަމްގެ އެންމެ ބޮޑު ހަބު ކަމަށާއި އަރި އަތޮޅު އުތުރު ބުރި އާއި ދެކުނު ބުރިއަށްވެސް ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށެވެ.

"އަރި އަތޮޅަކީ ޓޫރިޒަމްގެ އެންމެ ބޮޑު ހަބު. ދެވަނަ މާސްޓާ ޕްލޭނާއެއްގޮތައް ތަރައްގީކުރަންފެށި ޓޫރިޒަމް ޒޯން މީ ދައުލަތަށް އެންމެގިނަ ފައިސާ ޓެކްސްގެ ގޮތުގައި ދައްކާ ދާއިރާ އަރި އަތޮޅަކީ އެހެންނަމަވެސް މިއަތޮޅުގައި އަރި އަތޮޅުގެ ދެބުރީގެ ރަށްތައް މިހިސާބުގައި، މިހާހިސާބަށް އައި އިރުގައި ޓޫރިޒަމަށް 50 އަހަރު ފުރުނު އިރުގައި އޮންނަން ޖެހޭ ސަބަބެއް ނެތް ޒަރީރު އެ ވިދާޅުވީ ވޭތުވެ ދިޔަ 40 އަހަރުތެރޭގައި ނުކުރެވި ހުރި މަސައްކަތް މި ހަތަރު އަހަރު ދުވަސް ތެރޭގައި ކުރާ ވަހަކަ އިހުމާލެއް ބަޔަކާ ދޭތެރޭ ވެވޭނީ މިވަރަށް ނޫންތޯ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް އިހުމާލުވެ އަޅާނުލާ ދޫކޮށްލާފައި އޮންނަތަން އެމަނިކުފާނަށް ބަލަން ހުރެވޭކަށް ނެތްކަމަށާއި މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރީ މިހެން ހުރި ރަށްރަށަށް ކަންކަން ކޮށްދިނުމަށްކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެމީހެއްގެ ސިޔާސީ ވިސްނުން ހުރިގޮތް ނުބަލާ އަދަދަށް ނުބަލާ ކޮންމެ މީހަކަށް އެބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި އިރާދަކުރެއްވިއްޔާ މިމަސައްކަތާއިގެން ދާނީ ކުރިއަށްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

 

  1. ތެދުފުޅެއް ތިއަތޮޅުގެ މީހުނަށް ނޭވާލާނ އޮކުސިޖަން ހަށިގަޑަށް ވައްދާފަވެސް ވަނީ ސޯލިހުގެސަރުކާރުން

  2. ސޭކުސްތާން.

    އާނ:އެހެންވީމަ މިހާރު މަނިކުފާނު،ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާރައްތަށް ތިޔަ ތަރައްޤީކޮށް ނިންމާލުމުގެ ފަޚުރުވެރިޝަރަފް ތިޔަހޯއްދެވީ…ވަހް…ވަަހް..ކިޔާބާތުހައެ..ބަޠަލުންބަޠަލް،ލީޑަރުންގެލީޑަރ…މަނިކުފާނު ހަނދުމަނެތިގެން ވަރަށްއަސާސީ ދެ މަޝްރޫޢުއެއް ދޫކޮށްލެވިއްޖެ.އެއީ މިދައުރު ނިމުމުގެކުރިން،މުޅިރާއްޖޭގަ”ރޭލްވޭސްޓޭޝަންހަދާ ރޭލުދަތުރުތަށް ފެށުން..ދެން ވޯލްޑްކަޕް ފުޓްބޯޅަމުބާރާތް ބޭއްވުމަށް ކޮންމެރަށަކު ސްޓޭޑިއަމްތަކެއްހެދުން.މިއީތިފެންވަރުގެ ބޭފުޅަކަށްއެއްވެސްކަމެއްނޫން.ޝުކުރިއްޔާ.

  3. އާދަނު

    އދ އަތޮޅުގެ ވެރިކަންކުރާރަށަށް ވޭތުވެދިޔަ 4 އަހަރު އެކަށީގެންވާކަމެއްކޮށްކުނުދެވުނީމަތާ ވަޑައިގަންނަންނުކެރުނީ !!!!