ދަންވަރު ބާރައިގެ ފަހުން ކުރަން ދަންނަ ކަންކަމުގެ ތެރޭގައި ގޯތި ދޫކުރުމެއް ނުހިމެނޭ: ނަޝީދު
ގޯތި ދޫކުރުމަކީ ރޭގަނޑު ދަންވަރު ބާރައިގެ ފަހުން ކުރަން އޮންނަ މަސައްކަތެއް ނޫންކަމަށާއި ދަންވަރު ބާރައިގެ ފަހުން ކުރަން ދަންނަ ކަންކަމުގެ ތެރޭގައި ގޯތި ދޫކުރުން ނުހިމެނޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިއަދު އައްޑޫ ސިޓީގެ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އައްޑޫ ސިޓީއިން ގޯތި ދޫކުރުމަށް އިއުލާނު ކުރި ވަގުތާއި ގުޅޭ ގޮތުން ފާޑު ވިދާޅުވެފައެވެ.
"ރޭގަނޑު ދަންވަރު ބާރައިގެ ފަހުން އަޅުގަނޑުގާތު އަޅުގަނޑުގެ މާމައާއި ގޭމީހުން އަބަދުވެސް ބުނޭ ދަންވަރު ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތޭ. ރެއެއްގެ ދަންވަރު ހަތަރުދަމުން ދިޔައީމާ ގޯއްޗައް އިއުލާނު ކުރީމާ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެން ވެސް ހިތަށް އަރާނޭ. މިހުރީ ކަޑަޖެހުމުގެ އިތުރު މަރުހަލާއަކަށް އުފުލިފައޭ." ނަޝީދު ވިދާޅުވިއެވެ
ނަޝީދު ވިދާޅުވީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ކޮންމެ އިންތިހާބެއްގައި ދަންވަރު ގޯތި ދިނުމަށް އިއުލާނު ކުރާކަމަށާއި ގޯތި ދޭނެ ކަމަށް ބުނާކަމަށެވެ. އަދި ރާއްޖެއަކީ 2023 ވަނަ އަހަރުގެ މެދު އާމްދަނީގެ, އޯލެވަލް މަޖުބޫރު ގްރޭޑް 10 ހަމައަށް ކިޔެވުން ގާނޫނީ ގޮތުން ލާޒިމު ޤައުމެއްކަމަށާއި މިތަނުގެ ރައްޔިތުންނަށް އެގޮތަށް އެއްގޮތަކަށްވެސް ދެއްކުމަކީ ވަރަށް ވަރަށް ބޮޑަށް ރައްޔިތުންނާއި ދޭތެރޭ ނިކަމެތިކޮށް ވިސްނާ ވިސްނުމެއްކަމަށެވެ.
"މިތަނުގައި ނެތް ލިޔަން ކިޔަން ނޭނގޭއެއްވެސް މީހެއް އަދި ގުރޭޑު 10 އަކާއި ހަމައަށް ނުކިޔަވާ ހުރުން އެއީ ގާނޫނީ ގޮތުން މަނާކަމެއް މިހެން އޮތް ރައްޔިތުންތަކެއް ތިބި ތަނެއްގައި ރޭގަނޑު ދަންވަރު ބާރަޖަހާއިރުގައި އެމީހުން ބާރައިގެ ފަހުން ކުރަން ދަންނަނީ އެންމެ ކަމެއް ގޯތި ދޫކުރުމުގެ މަސައްކަތަކީ އެއީ ގޯތިދޫކުރުމުގެ މަސައްކަތް އެއީ އޭގެތެރޭގައި ހިމެނޭ ކަމެއްނޫން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީއިން ގޯތި ދޫކުރުމަށް ރޭ ދަންވަރު އިއުލާނުކޮށްފައިވާ ކުރުމަށް ފާޑުވިދާޅުވެއެވެ. އައްޑޫ ސިޓީން 500 ގޯއްޗަށް އެދުމަށް، އެ ސިޓީގެ ކައުންސިލުން ހުޅުވައިލައްވައިފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވައިލައްވައިފައި ވަނީ ފޭދު އާއި މީދު އަދި ހުޅުދޫން ދޫކުރާ ގޯއްޗަށެވެ. ހުޅުދު އާއި މީދޫން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. ފޭދޫން ދޫކުރާނީ 1،500 އަކަފޫޓްގެ 300 ގޯއްޗެވެ. މީގެއިތުރުން މީދޫއިން 90 ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު، ފޭދޫއިން 270 ގޯތި ދޫކުރާނެއެވެ. އަދި ހުޅުދޫ ރައްޔިތުންނަށް 90 ގޯތި ދޫކުރަންވެސް ހަމަޖެހިފައިވެއެވެ.
ދަންވަރު 12 ގެފަހުން ކުރަންދަންނަ ކުރި ކަންތައްތަކުގެތެރޭގެ ޅ. ހިންނަވަރުގެ ބަނބުކެޔޮ ގަސްތަކަށް ދަންވަރު އަރާ ގަހުގަ ނިދާފަ ތިބޭ ކުކުޅު ނަގައިގެން ކެއުން ހިމެނޭ . ކުކުޅު ނެގީ ވަގަށް ކަމެއް މީހުންދީގެންކަމެއްނޭގެ އަޅުގަނޑު ގާތު ބުނި ހިންނަވަރު މީހާ ގދ.ތިނަދޫ ގެ އެތައްބަޔަކު ގާތު ބުނިގޮތުން ނަމަ އެއީ ވަގު ކުކުޅު.