ޚަބަރު ސިޔާސީ

ދަޢުލަތުގެ މީޑިއާއިން ހަމަ ހަމަ ފުރުޞަތު ނުދޭތީ، އިދިިކޮޅުގެ ކަންބޮޑުވުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި ދަޢުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޗެނަލްތަކުން، އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުދޭތީ ކަންބޮޑުވުން ފާޅު ކުރަައްވައިފިއެވެ.

Ads by MWSC

ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށްވެފައި ރައްޔިތުންނަށް ދެފަރާތް ފެންނަގޮތަށް ހަބަރުތައް ގެނެސްދޭން ޖެހޭނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕުން ވަނީ ފާހަގަކުރައްވައިފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ވަނީ ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލު ކުރައްވައި، މިކަން ފާހަގަކުރެއްވިއިރު، މި ބައްދަލުވުމުގައި އިދިކޮޅުން ވަނީ ވަކި ޕާޓީއެއް ޕްރޮމޯޓް ކުރުމާއި ޕާޓީގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވާ ކަންކަން ޕީއެސްއެމްއިން ޕްރޮމޯޓް ކުރާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވައިފައެވެ.

ޕީއެސްއެމްގެ ޤާނޫނުގައިވާ ކަންކަން ތަންފީޒު ކުރުމުގައި، ޕީއެސްއެމްގެ ބޯޑާއި މެނޭޖްމަންޓް އިހުމާލުވެފައިވާ ކަމާއި، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅިފައި ހުރިއިރު، އެއްވެސް ގޮތަކަށް އިދިކޮޅުގެ ވާހަކަތައް ޚަބަރުގައިވެސް ގެނެސްނުދެވޭ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާއި ގުޅިގެން އިދިކޮޅުގެ ބަހެއް ހޯދައިނުލާތީ އެކަންވެސް ވަނީ ހިއްސާ ކުރައްވައިފައެވެ.

އަދި ޕީއެސްއެމްގައި ތިބި ފަންނީ، ގިނަ ދުވަސްވީ މުވައްޒަފުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލެވި، އަދި ޚިދުމަތްތެރި އެތައް މުވައްޒަފުންނެއް މެނޭޖްމެންޓާއި މެދު ހިތްހަމަ ނުޖެހިގެން ވަޒީފާއިން ކެނޑިގެން ގޮސްފައިވުން ފަދަ ކަންބޮޑުވުންތައް ހުރިކަންވެސް އިދިކޮޅުން ފާހަގަކުރިއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!