ޚަބަރު ސިޔާސީ

ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ތަފާތެއް ނެތް: ދުންޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ތަފާތެއް ނެތް ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީއަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވީ ވެރިކަން ހިންގުމުގެ ގާބިލުކަމެއް ދެމީހުންގެވެސް ނެތް ކަމަށެވެ.

“ގައުމަށް ދަރާފައިވާ މީހުން ސަރުކާރު ހިސޯރުކުރަން ދޫކޮށްލީ. ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް ހިލޭ އެހީގެ ގޮތުގައި ދެމީހުންވެސް ދިނީ" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއް ހިންގާނީ ގާބިލު މީހުންނާ އެކު ކަމަށެވެ.

Ads by Allied Insurance
  1. ސޭކުސްތާން

    ސާބަހޭ ދުންޔާކޮއްކޮ!ތިޔަވިދާޅުވީ މިހާތަނަށް ސިޔާސީ ބޭކަނބަލަކުބުނުއްވި އެންމެބޮޑުތެދު ޙަޤީޤަތް.ތިޔައީ ޤަވްމީ ބަޠަލާއެއް!

  2. އެކޮއި

    މިސަރުކާރު ދުންޔާ މައުމޫނައް ކަމުނުދާއިރު އެކަމަނާގެ ބައްޕައާ ބެބެއާ ކޮއްކޮއާ މިމީހުނައް މިސަރުކާރު ކަމުދޭ

  3. އަބްދޫ

    މިހާރު ދުނިޔޭގާ ތިއްބެވި ވެރިކަން ކުރއްވި ހުރިހާފަރާތްތަކުގެތެރެއިން މައުމޫނު ފިޔަވައި ދެން ތިއްބެވި ހުރިހާ ބޭފުޅުންވަނީ ދަވްލަތުގެ ފައިސާއަށް ހިޔާނާތް ވެފާކަމަށް ތުހުމަތު ކުރެވޭ.. ސަބަބަކީ ގާނޫނުއަސަސީގެ ރައީސާއި ކެބިނެޓާ ކޮށްފައިވާ އަމުރުގަ ކޮށްގެނނުވާނެކަމަށް 97 ވަނަ މާއްދާގައިވާ އަމުރާހިލާފަށް އަމިއްލަ އަށް ނާޖާއިޒް ފައިދާ ހޯދުމާ ނާޖާއިޒްފައިދާ ހޯދާދިނުމަށް ދަވްލަތުގެ ފައިސާ ބޭނުންކުރައްވާފަ ހުރުން.

  4. މުހައްމަދު

    ކަމަނާގެ ލީޑަރަކީ މިއަދު ކަމަނާއަށް ފެނުނަސް އަހަރެމެން މީގެ އެތަށް އަހަރުކުރިން އަހަރެމެން ދަަންނަ ބޮޑާ މީހެއް