އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދޭންވީ އެމަނިކުފާނުގެ ތަސައްވަރެއް އޮތީމައި ކަމަށާއި މެނިފެސްޓޯގެ މައިގަނޑު އަމާޒަކީ ބޭންކް އެކައުންޓްތައް ދެގުނަ ކޮށްދިނުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއެވެ.
"ޖީލެއްގެ ދިރުން" ނަމުގައި ޒުވާނުންނަށް ހާއްސަކޮށްގެން މިރޭ މާލޭގައި ރައީސް ނަޝީދު ކުރިއަށްގެންދިޔަ ސުވާލު ޖަވާބު ޝެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ ޝިއާރަކީވެސް ބޭންކް އެކައުންޓް ދެގުނަ ކޮށްދިނުންކަމަށެވެ.
"މެނިފެސްޓޯގެ މައިގަނޑު އަމާޒަކީ ބޭންކް އެކައުންޓް ދެގުނަ ކޮށްދޭނަމޭ. އިތުރު އެހެން ކަމެއް ނޫން ހަމަ މިއަމާޒަށް ދާންވީ ދެން ހުރިހާ ރަށެއް ގައި ފެނާއި ނަރުދަމާ އަޅާނަމޭ ފުޓްސެލް ދަނޑުއަޅާނަމޭ މަލްޓިޕާޕަސް ހޯލްތައް އަޅާނަމޭ. ކްލާސް ރޫމްތައް ހަދާނަމޭ. އާދެ. މިކަން ކަން ކުރަން ޖެހޭނެ އެކަމް އަމާޒުވާންވީ ބޭންކް އެކައުންޓަށް އަޅުގަނޑުގެ މިފަހަރުގެ ޝިއާރަކީވެސް ބޭންކް އެކައުންޓް ދެގުނަ ކޮށްދިނުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިަށް ވޯޓް ދޭންވީ އިންތިހާދުގެ ކެންޑިޑޭޓެއް ނަގާނަމަ ކަމަށާއި މިއިންތިހާބުގައި އެމަނިކުފާ ސިޔާސަތެއްގެ ވާހަކަ ދައްކާ އަޑު ނުވެސް އިވޭކަމަށެވެ.
"އިއްތިހާދުގެ ކެންޑިޑޭޓެއް ނަގާ ނަމަ ރައީސް ޞާލިހަށް ވޯޓު ދިނުން ވަރަށް ބޭނުން އެކަމް ކަން ދިމާކުރި ގޮތުން މިއުޅެނީ އެމްޑީޕީގެ ކެންޑިޑޭޓެއް ހޯދަން އެހެންވީމަ އަޅުގަނޑަށް ފެންނަތަނުގައި އަޅުގަނޑަށް އަޑެއްވެސް ނީވޭ އަޅުގަނޑުގެ ވާދަވެރިން ސިޔާސަތެއްގެ ވާހަކަ ދައްކާއިރެއް މިސާލަކަށް އަޅުގަނޑަށް އޮޅިގެން އަންނަނީ އަންނަނީ އޭ ބުނެވުނީމާ ދެން އެބޭފުޅުން ވިދާޅުވާން ފެއްޓީ ނިންމެނީ ނިންމެނީއޭ ތިބޭފުޅުން އަޑުއައްސަވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިރާއްޖެ އަކީ މިޑްލް އިންކަމް ރާއްޖެއެއް ކަމަށާއި ގުދުރަތީ ވަސީލަތްތައް ގިނަކަމަށެވެ. އަދި ސްކިލްޑް ލޭބާ ފޯސްއެއް ރާއްޖޭގައި އޮތްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިހާރު ސެކަންޑްރީ އެޑިއުކޭޝަން އެއީ ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާތީ ތަންދޮރު އެނގޭ ޒުވާން އާބާދީ އެއް މިރާއްޖޭގައި އެބައޮތްކަމަށެވެ.
މީގެ އިތުރުން ޝޯޝަލް ޕްރޮޓެކްޝަން ނިޒާމަކާއި ދޮށީ އުމުރުގެ މީހުންނާއި ޕެންޝަނުގެކަންކަން ކުރެވޭއިރު އާމްދަނީ އާއި ޖީބަށް ވަންނަ އެއްޗެއް އަދި ބޭންކް އެކައުންޓްގައި ހުރިއެއްޗެއް މިއަދަށްވުރެ ރަނގަޅު ކުރެވޭ ގޮތަކީ ކޮބައިތޯ ބަލަން ޖެހޭކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ކުޑަރަށެއް ބޮޑުރަށެއް ފަޅުރަށެއް ގިރިއެއް ބަލާނުލައި ކަންކަން ކުރުމެއް ނޫންކަމަށާއި ޒުވާނުންގެ ހާލަތު ސައިކޮލޮޖިކަލީ ބެއްލެވުންކަމަށެވެ. އެގޮތުން ހާލުގައި ޖެހިގެން އައިސް ކޮންމެވެސް ސިޔާސީ މީހަކަށް ވޯޓް ވިއްކާލުމުގެ ކުރީގައި ނުވަތަ ކޮންމެވެސް މީހަކަށް ނޯކިރީވެ އަޅުދާސް ވުމުގެ ކުރީގައި މިކަން ފާހަގަކޮށް އެހެންގޮތެއް ހޯދައި ދެވޭނެ ގޮތްތަކެއް ތަންފީޒު ކުރަން ދައުލަތެއް އޮތްތޯ ބަލަންޖެހޭކަމަށެވެ.
އަމާކޮށްދޭނީ ހަމަމީހުންގެ ބޯކާން މައިކުތަކަށް ސޮނިބުރއްސަނީ