ރައީސް ނަޝީދަށް ޕީޕީއެމުން ތާއީދު ކުރަނީ، އެމްޑީޕީ އަޑިގަނޑަކަށް ވައްޓައިލުމަށް: ރޮޒައިނާ
އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ރައީސް މުޙައްމަދު ނަޝީދަށް މަރުޙަބާ ދަންނަވާ ކަމަށާއި، މިއީ އެ ޕާޓީގެ މެމްބަރުން ވިސްނާލަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޓީމުން މިރޭ ބޭއްވި ޖަލްސާގައި ރޮޒައިނާ ވަނީ، ރައީސް ނަޝީދަށް ރަށްރަށުން މަރުހަބާ ކިޔާ މީހުންގެ ތެރޭގައި، އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ޕީޕީއެމްގެ މެމްބަރުން ހިމެނޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި، މިވަނީ ކީއްތޯ، އެމްޑީޕީގެ މެމްބަރުން ވިސްނަން ޖެހެއެވެ.
"ރައީސް ނަޝީދު ވިދާޅުވަނީ، ޕީޕީއެމް މީހުން ތިމަންނަ ވަަރަށް ބަލައިގަނެޔޯ މިހާރު. އަޅެ ދެން ކީކޭ ދަންނަވާނީ؟ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެބަ އެނގޭ، މި އުޅެނީ، ޕީޕީއެމް މީހުން ކޮންމެހެން ރައީސް ނަޝީދު ބަލައިގަނެގެން ނޫންކަން، މި އުުޅެނީ އެމްޑީޕީ އަޑިގަނޑަކަށް ވައްޓާލާނެ މަގު އެ މީހުންނަށް ފެނިގެން އެކަމަށްކަން މިހިރަ ދުވެ ނަގަނީ."
ރޮޒައިނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ އައްޑޫ ސިޓީގެ މެމްބަރުން، މި ފަހަރުގެ ޕްރައިމަރީގައި "ކޮހެއް" ނުހަދާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ހޮވަން ޖެހޭނީ، އެމްޑީޕީއަށް ވެރިކަން ހޯދައިދެވޭނެ ބޭފުޅެއް ކަމަށާއި، އެ ބޭފުޅަކީ ރައީސް ޞާލިޙު ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ފޯރިގަދަ ކެމްޕެއިނުގެ ތެރެއިން، މާދަމާ ކެމްޕެއިން ނިންމައިލުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ރައީސް ޞާލިޙުގެ ކެމްޕެއިން ޓީމުން ވަނީ ނިންމައިފައެވެ.
ުރޮޒޭނާ.! އަޑިގަނޑަކަށް ވެއްޓިފާ އޮތް އެއްޗެއް ދެން ވައްޓާލާނެ އަޑިގަނޑެއް އެބައޮތްތޯ؟ ތަންމިނަށް އަގަ ހާކޮށްގެން ޕީޕީއެމޭ ނުގޮވާ އަމިއްލަ މީހާގެ ވާހަކަ ދެއްކިއްޔާ މާތާހިރުވާނެ، ތި މީހަކު އެމްޑީޕީއަށް ވަދެ ފަސާދަކުރެވޭކަން ނޭނގެނީބާ، މިއޮއްހާ ދުވަހު ނުލާހިކު ބަދަހިކޮން އޮތް އެމްޑީޕީ ތި ރޮޒޭނާބައިގަނޑު ވަދެ ތިދަނީ ފަސާދަކޮށް ފޮތިފޮތިކުރަމުން، ބަލަ ކޮންއިރަކުތަ ޕީޕީއެމް މީހަކު ތިތަނަށްވަދެގެން އަތަގސދަކޮށްލައިގެން ފުމުނީ، ނުވަންނާނެ، ބޭނުމެއްވެސް ނޫން ތިކަހަލަ ބައިގަނޑެއްތެރެއަށް ވަންނާކަށެއް، ރޮޒޭނާ އަބަދާއަބަދު ޕީޕީއެމޭ ޕީޕީއެމޭ ތިގޮވަނީ އަނެއްކާ ޕީޕީއެމް ވެސް ފަސާދަކުރަން ޕީޕީއެމަށްވެސް ވަންނަން ބޭނުންވަނީތަ؟ ނޫން ނޫން ތިކަހަލަ ފަސާދަކުރާ ތަންހަލާކުކުރާ ފަނިފަކުސައެއް ބޭނުމެއް ނޫން، ތިބައިގަނޑެއް އެމްޑޕީއަށް ފާވިފަހުން އެމްޑީޕީ މިހާރު ހިރާސްވެ ނިމިއްޖެ މިހާރު އަސްލު އެމްޑީޕީއެއް ނެތޭ، އަސްލު އެމްޑީޕީމީހުން ނުކިއާވަރަށް މި ޑީއާރުޕީ ފެކުސަނުން އެބަ ޕީޕީއެމަށް އެބަ އެއްޗެތިގޮވައޭ އެބަ، އެމްޑީޕީ ނޮޅާލި ގޮތަށް ޕީޕީއެމް ނޮޅާލަން އުޅޭނެ ކަމެއް ނެތް، މިހާ ކަތުރުފަނިތައް ވަދެ އެމްޑީޕީ ކައި ހުސްކޮށްފިއޭ، މިހާރު ތިއޮތީ ޖޕ ަކާކާކާކާކާކާކ އަދާލަތަކާ އެމްއާރުއެމްއަކާ ޑީއާރުޕީ އަކާ ވަދެ އެމްޑީޕީ ހިސޯރު ކޮށްފާ.
ރޮޑޭނާ ގެލަދު ކޮބާ ރައީސް ނަޝީދަކާ ނުކުޅެވޭނެ ކަލެޔަކައް ތިމަޖުލިހު ގޮނޑި ކައްވާލެވުނީވެސް ނަޝީދުގެ ސަބަބުން ލަދުކުޑަ