ޚަބަރު ސިޔާސީ

ޝިޔާމް ވިދާޅުވަނީ، އެމްޑީޕީން މިއަދު ހާވާނީ ހަޑި ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިއަދު ބާއްވާ ރިޔާސީ ޕްރައިމަރީގައި "ޑިމޮކްރެޓިކް"ގެ ނަމުގައި ވެސް ހާވާނީ ހަޑި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެލެކްސް އަހުމަދުގެ ނަމުގައި ހަދާފައިވާ އިތުރު އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ މިހާރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް އިސްތިއުނާފުކުރުން އެމްޑީޕީގެ ޕްރައިމަރީ ނިމެންދެން މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި އެއީ ރައީސް ނަޝީދަށް ޕްރައިމަރީ ކާމިޔާބުކުރެއްވޭނެކަމުގެ އުންމީދުގައި ކަމަށް ވެސް ބުނެފައިވެއެވެ.

އެ ޓްވީޓް، ރީ ޓްވީޓް ކުރަައްވައި ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ ތެރެއަށް އަތް ބާނައި ނުފޫޒު ފޯރުވައި އެ މަނިކުފާނަށް އަނިޔާވެރިވާ ފަރރާތްތައް އިދިކޮޅުން އޮޅިގެން ނޫޅޭ ކަމަށެވެ.

"އެ ވޯޓަކަށް ޝައުގެއް ނެތް. ނަމުގައި ޑިމޮކްރެޓިކް ޖަހައިގެން މާދަމާ ވެސް ހާވާނެ ހަޑި އެނގޭ. ސެޕްޓެމްބަރު ނުވައެއްގައި ރައްޔިތުން މި ޣައްދާރުން ވެރިކަމުން ބާލާނެ."

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި، ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި އިންތިޚާބުގެ ވޯޓުލުން ފެށޭނީ، މިއަދު 9:00ގައެވެ.

 

 

Ads by Ooredoo
  1. ހަސަންބެ

    ކަލޭވާހަ ނުދައްކާ ކަލޭމެންނަކައް ޔާމީން ކާންދީފަހުރިވަރުން ބިރުން ޕުރައިމަރީގަނޑެއް ވެސް ނުބޭއްވުނު ތާ އަދި ހަޑިހާވާ ކަމައް އެބަބުނޭ ތިޔާ ޕާޓީގަނޑުގަ ނުވެސްނެއް ވެރިކަމއް ގާބިލު އެކަކުވެސް ވަގުން ވީމަ