ޚަބަރު ސިޔާސީ

އަމިއްލަ އެދުން ބޮޑުވުމަކީ، ޑޮމޮކްރެޓިކް ސިފައެއް ނޫން: މައުސޫމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަމިއްލަ އެދުން ބޮޑުވުމަކީ ޑިމޮކްރަސީއާ ދެކޮޅު ސިފައެއް ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މައުސޫމް މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފަހުގައި، އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިވައިވުމުގެ ތެރެއިން، ވަކި ފެކްޝަނެއް އުފައްދަވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

މައުސޫމް ވިދާޅުވެފައި ވަނީ  އަމިއްލަ އެދުން ބޮޑުވުމަކީ ޑިމޮކްރެޓިކް ސިފައެއް ނޫން ކަމަށާއި، އެއްވެސް މީހަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއްގެ ގޮތުގައި ލޭބަލް ކުރުމުގެ ކުރިން މިކަމާމެދުގައި ވިސްނައިލާން ޖެހޭ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މައުސޫމް މިހެން ވިދާޅުވިއިރު، އެމްޑީޕީގައި މިހާރު ދެ ފެކްޝަން އެބައޮތް ކަމަށާއި، އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ގޮތްޕަށް ފުރުސަތު ދީ ދެ ފެކްޝަނާ އެކު ކުރިއަށް ދާނެ ގޮތެއް ހޯދުމަށް ރައީސް ނަޝީދު ވަނީ ގޮވައިލައްވައިފައެވެ.

އެ މަނިކުފާނު މިކަމަށް ގޮވައިލެއްވިިއިރު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ފަރާތްތައް، އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ރައީސް ޞާލިޙު ވަނީ ގޮވައިލައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ، ޕްރައިމަރީ ނިމުމުން، ވާދަވެރިކަންވެސް ނިމުމަަކަށް އައީ ކަމަށާއި، ދެން އޮތީ އެމްޑީޕީގެ ހުރިހައި އާންމު މެމްބަރުން ގުޅިގެން ޕާޓީ ކުރިއަށް ގެންދިޔުން ކަަމަށެވެ.

Ads by Ooredoo
  1. ީީނިޒަަމް

    ޥަޒިިފަަ ގެެްއްލެެހެން ހިިވިިމަަ އެއްކަލަ ވަަހަކަ ދައްކަން ފެށިި

  2. ދިމާކުރާތީ

    މައުސޫމްް ޑިމޮކްރެޓިކްވީީމާދޯޯ ޖޭޕީންް ވައެމްޑީޕީވީީ ތީގަހަމަަ އެއްވެސްމިންވަރަކައްް އަމިއްލައެދުންް ނެތޭކިޔާނެތަަ ބޭކާރުު މީހެއްތީި ފޮނިކަމުންގޮއްސަވެސްް ތިހުންނީީ ހިދުރަތުލްމުންތަހާާ އެއްވުރެވެސްް މާމަތީގަަ

  3. އަފީފު ދިއްދޫ

    މާޒީއަށް ރަގަޅަށް ބައްލަވަފައި ވަގުތަާއި ހާލަތަށް ވިސްނަވައިލަެއވާ