ޚަބަރު ސިޔާސީ

އަޅުގަނޑު ފައިބާނީ ސުވަރުގެ ދެވޭވަރަށް ވެރިކަން ކޮށްފަ: އުމަރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އާމިސްރާބަކަށް ރާއްޖެއިން ކުރާ ދަތުރުގައި ދިވެހި ދައުލަތުގެ ތެރޭގައި އިސްލާމް ދީން އަދާކުރަމުން ގެންދާ ރޯލު މުޅިން އެހެން ހަރުފަތަކަށް ގެންދާނެކަމަށާއި ވެރިކަން ކޮށްފައިދާނީ ސުވަރުގެއަށް ދެވޭވަރަށް ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާ ކެމްޕޭން ފައްޓަވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

"އާމިސްރާބަކަށް، އުމަރު 2023" ނަމުގައި މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ވެރިކަން ކުރުމުގައި އިސްލާމީ ޝަރީއަތުގައި ހިފާ ގުރުއާނުގައި ހުރިގޮތަށް އަމަލު ކުރާނެ ކަމަށެވެ.

މިރޭގެ އުމަރުގެ އިވެންޓްގެ ތެރެއިން.. ފޮޓޯ/އަޔާޒް

"ތިބޭފުޅުން ކުރިމަތީގައި އަޅުގަނޑު ހުއްޓި މިއަދު މިހުރީ އަޅުގަނޑު އިސްލާމީ ޝަރީއަތުގައި ހިފާ އެގުރުއާނުގައި ހުރިގޮތަށް އަމަލު ކުރާނެ ވާހަކަ ދަންނަވަން. ވެރިކަންކޮށްފައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނީ ސުވަރުގެއަށް ދެވޭ ވަރަށް" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އުމަރުގެ ވެރިކަމެއްގައި އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ އުންސުރަށްކަމަށާއި ދިވެހި ދައުލަތް ހިނގާނީ އިސްލާމީ ވެރިއެއްކަމަށެވެ.

"އާމިސްރާބަކަށް ރާއްޖެއިން ކުރާ ދަތުރުގައި ދިވެހި ދައުލަތުގެ ތެރޭގައި އިސްލާމް ދީން އަދާކުރަމުން ގެންދާ ރޯލު މުޅިން އެހެން ހަރުފަތަކަށް އަޅުގަނޑު އުފުލާލާނަން. އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ އުންސުރަށް. ދިވެހި ދައުލަތް ހިނގާނީ އިސްލާމީ ވެރިއެއް އޭނަ ދޮގެއް ނަހަދާނެ އޭނަ ރަލެއް ނުބޯނެ އޭނަ ވައްކަމެއް ނުކުރާނެ އޭނަ ޝަހުވަތްތައް ފަހަތަކުން ނުދުވާނެ. އެއީ އިސްލާމީ ވެރިއެއް ގައިގައި ހުންނަންޖެހޭ ސިފައަކީ ﷲ އިރާދަ ކުރެއްވިއްޔާ ތިބޭފުޅުންނަށް އެސިފަތައް އަޅުގަނޑުގެ ކިބައިން ދައްކާނަން" އުމަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްވަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިންގެ ހިތްތައް އިސްލާމީ ނޫރުން އަލިކޮށްދޭނެކަމަށާއި ދީނީ ތައުލީމާއި ތަރުބިއްޔަތުން ދިވެހި މުޖުތަމައު ފައްކާ ކުރެވޭނެކަމަށެވެ.އަދި މިގައުމަށް ބޭނުންވަނީ 12 ގަޑިއިރު މަސައްކަތް ކުރެވޭނެ ވަރުހުރި ވެރިއެއްކަމަށާއި ގައުމަށް ބޭނުންވަނީ ހެނދުނު 6:30 ގައި ޓައީ އަޅައިގެން އޮފީހަށް ނުކުންނަ މުރާލި ވެރިއެއްކަމަށެވެ.

އަދިހަމައެހެންމެ އުމަރުގެ ވެރިކަމެއްގައި ކޮރަޕްޝަން ފުނޑާލާނެކަމަށާއި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާނެކަމަށާއި ގާނޫނު ތަންފީޒު ކުރުމުގައި މޫނަކަށް ކަނދުރާއަކަށް ނުބަލާނެކަމަށެވެ. މީގެ އިތުރުން ޓެކްސް ކުޑަކޮށް މުދަލު ޒަކާތް ނަގާނެކަމަށާއި ސަރުކާރުން ހިނގާ ވިޔަފާރިތައް ހުއްޓާލާއި ހުރިހާ ވިޔަފާރިއެއް ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ދިސްވޭ

    ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް އާއި ސަންސިޔާމް ގުޅެންވީ އަދި އުމަރު ނަސީރު ވެސް ގުޅެންވީ ގާސިމް އިބްރާހިމް އާއި އެއިރަށް ޔަގީން ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަން އަދި ޕީޕީއެމް އާއި ގުޅެން ވެސް ގާސިމް ވިސްނަންވީއޭ ޕީޕީއެމް އާއި އެކު އޮތް ޚިޔާލު ތަފާތު ވުން ތައް ނައްތާލާ ޕީޕީއެމް ވެސް ޖޭޕީގެ ގޯއްޗަށް ގެނެސްގެން ގާސިމް ކުރިމަތިލާންވީ ފުރަތަަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭތޯއޭ އެއިރުން ޔަގީން ކާމިޔާބު ވާނެ ކަން މިފަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލާން އިއުލާން ކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭން އެންމެ ރަނގަޅު ގައުމަށް ފައިދާ ކުރާ ހުށައެޅުމެއް ރައްޔިތުންނަށް އޮޅުން ފިލާނެ އުސޫލުން އަދި ހުށައެޅީ އުމަރު ނަސީރު އެކަމަކު ރައްޔިތުން އެންމެ ކަންބޮޑުވެފައިވާ މާލެ ސަރަހައްދުން ދިރިއުޅުމަށް ގޯއްޗާއި ވިޔަފާރި ކުރަން ބިން ތައް ދިނުން އެހާ ޝައުގުވެރިކަމާއި އެކު ތަފްސީލް އުމަރު ނަސީރު ނުދިނުމުން ގިނަ ރައްޔިތުންގެ ތާއީދު އުމަރަށް ހޯދުމަކީ އެއީ އުނދަގޫ ކަމަކަށް ވުން ގާތް ކަމަށޭ ފެންނަނީ….

  2. ތަރައްގީގައިމު

    ގާސިމާއި އެކު މަމެންނަށް ފެނެއޭ މާލެ ސަރަހައްދުން ހުޅުމާލޭ ހުޅަނގުން އޮތް ފަޅު ހިއްކާ ގޯތިދީ އަދި ގިރާވަރު ފަޅު ހިއްކާ ގޯތިދީ އަދި ފުށި ދިއްގަރު ފަޅު ހިއްކާ ގޯތިދީ ރާއްޖެތެރޭގައި އާބާދީގައި 10 ހާހަށް ވުރެން މަދުން މީހުން އުޅޭ ރަށްތަކުގެ އެންމެނަށް ވެސް ދެންނެވުނު ފަޅުތައް ހިއްކާ ގޯތި ދިނުމުން އެހުރިހާ އެންމެނަށް ރަނގަޅު ދިރިއުޅުމެއް ލިބި އެމެންނަށް ދޭ ގޯތިން ކުލި ސަރުކާރަށް ލިބި އަދި މާލެ ސަރަހައްދުގައި ކުރާ ހުރިހާ ވިޔަފާރި ތަކަކީ އެއީ ދެކޮޅު ޖެހޭ ވިޔަފާރި އަށް ބަދަލުވެ އެންމެނަށް ތަރައްގީ ގައިމު ވެގެންދާނެއޭ ވިސްނުންތެރި ލޮލަކުން ބަލަންނާ ފެންނަނީ މުސްތަގްބަލޭ ފެންނަނީ ތަރައްގީ ގައިމު މަންޒިލެކޭ ވިސްނުންތެރި ގޮތަކަށް ވިސްނަންނާ ވިސްނެނީ ހަގީގަތޭ އެންމެނަށް ކޮށާދެވޭ ކުރިމަގެކޭ ފިޔަވަޅު ސީދާ ކުރަން މީ އެވަގުތޭ ގާސިމް ހެޔޮހިތުން ފަހިކޮށްދޭ މަގުން މިގައުމަށް ރައްޔިތުންނަށް ކުރިއެރުން ތަރައްގީ މިގައުމަށް ފަރުވާ ހޯދަ ދޭން ތަރައްގީ ގައިމު ތަރައްގީ ގައިމު ތަރައްގީ ގައިމު ތަރައްގީ ގައިމު ހޯއް ހޯއް ހޯއް ހޯއް ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  3. ދިސްވޭ

    ރާއްޖެތެރޭގެ ކުދި އާބާދީ ތަކަށް ކެޕެކްސް އިން ބޮޑެތި ޚަރަދު ކުރުމުގެ ބަދަލުގައި އެމެން އެންމެނަށް މާލެ ސަރަހައްދުން ގޯތިދީ އެމެންނަށް ރަނގަޅު އުޖާލާ ދިރިއުޅުމެއް ދޭން ވިސްނަންވީ ރާއްޖެތެރޭ މީހުންނަކީ އެއީ ވަރަށް ބޮޑަށް އަމިއްލަ އެދުން އޮންނަ ބަޔަކަށް ވުމުން ރާއްޖެތެރޭގެ އާބާދީ ބޮޑެތި ރަށްތަކުގެ މީހުން ބޭނުންވަނީ ކުދި އާބާދީ ތައް ގެނެސް އާބާދީ ބޮޑެތި ރަށްރަށަށް އަޅާލާ ކުދި އާބާދީ ތަކުން އަންނަ މީހުންނަކީ އެއީ ދެން ދަށުދަރަޖައިގެ މީހުން ކަމަށް ދެކިގެން އެމެން ބޮޑޭ ވެފައި ތިބުމޭ ކަން މިހެން ހުރުމުން ރާއްޖެތެރޭ ކުދި އާބާދީ ތައް ރާއްޖެތެރޭ އެއް ރަށުން އަނެއް ރަށަށް ހިޖްރަ ކުރުން އެއީ މުޅިން ފެއިލްވެފައިވާ ކަމެކޭ ހުރިހާ ދިވެހިން ވެސް އެންމެ އުޅެން ބޭނުންވަނީ މާލެ ސަރަހައްދުގައޭ އަދި އެންމެނަށް ހަމަހަމަ އުސޫލުން ފުރުސަތު ވެސް ލިބެނީ މާލެ ސަރަހައްދުން ކަމަށްވާތީވެ ރާއްޖޭގެ އާބާދީގައި 10 ހާހުން ދަށުގެ ހުރިހާ ރަށް ތައް ޖެހޭނީ މާލެ ސަރަހައްދަށް ބަދަލު ކުރަން އެނޫން ނަމަ ރާއްޖެ ދުވަަަހަކު ވެސް ދަރަނިން ސަލާމަތް ނުވާނެއޭ ވަގުން ވާނީ ގިނަ ޑްރަގްވާނީ ގިނަ ފޭރުންވާނީ ގިނަ ވަޒީފާ އަދާނުކުރާ މީހުން ވާނީ ގިނަ ކުދި އާބާދީ ތަކުގެ މީހުން އެންމެ ބޮޑަށް ކަންނެތީ ވެސް ކަން މިހެން ހުރުމުން ހައްލަކީ މާލެ ސަރަހައްދުން ކުރިއަށް އޮތް 100 އަހަރަށް މެދުނުކެނޑި މަހަކު 10 ހާސް އަކަފޫޓްގެ 10 ހާސް ގޯތި ދެމުންދާންވީއޭ ކުއްޔަށޭ ދޭނީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެއްގެ ގޮތުގައި ދައްކާ ގޮތަށް ކުލި ދައްކާނީ ސްޓެލްކޯ އަށް ކަރަންޓް ބިލާއި އެކު ކުލި ނުދައްކައިފިނަމަ ކަރަންޓް ކަނޑާލެވޭނެއޭ…

  4. ބޭރުކުރޭ

    މާލެ ސިޓީ ކައުންސިލަކީ އެއީ ބޭނުން ބައެއް ނޫނޭ އެއީ ވައްކަން ކުރަން ތިބޭ ބޮޑެތި ވަގުން ތަކޭ ޕީޕީއެމް އާއި އެމްޑީޕީން ހޮވައިގެން އުޅޭ އެއީ މިހާރު ބޮޑު ބަލާއަކަށް ވެއްޖެ ބައެކޭ ތިޔާ މުއިއްޒު އަކީ ނަމުގެ ކުރިއަށް ޑޮކްޓަރު ކިޔައިގެން އުޅޭ ބޮޑު ގަމާރު ބީތާއެކޭ އެއީ ފޭކް ޕީއެޗްޑީއެކޭ މަމެން ހުވައޭ އޭނާ އަކީ އެއީ އިންޖިނިއަރެއް ނޫން ކަން އެކަން ސާބިތުވެއޭ އޭނާ ކުރާ ގަޅި ކަންކަމުން އޭނާ ޕީއެޗްޑީ ނަގައިގެން އުޅެނީ އެއީ ގަނެގެންނޭ އެއްވެސް ފެންވަރެއް ހުރި ރުނޑި އެއް ނޫނޭ އެއީއެއް މާލެ ސިޓީ ކައުންސިލް ރައީސްގެ ގަރާރަކުން އުވާލަންވީއޭ ނުވަތަ އެއާލާތުން ނަށް ފިނޭންސުން މުސާރަ ނުދީ ހިފަހައްޓަންވީއޭ އެމެން ނަށް މުސާރަ ދޭނީ އެމެން ހޮވި ބައެކޭ މާލޭގައި އެއްވެސް ކަމެއް ހައްލެއް ނުވެއޭ ޕާރކިންގް ޒޯން ތައް ފުރިފައި ހަލާކުވެފައިވާ އުޅަނދު ތަކުން މުޅި މާލޭގެ މަގުތައް ކޮނެގެން ހޮޅި އަޅަނީ އިމާރާތް ކުރާ ގެތަކުގެ ފެން މޫދަށް އަޅަން ނުޖެހޭނެއޭ އެކަން ކުރަން މާލެ އަކީ އެއީ އެސްޓީޕީ އެއް ހުންނަ ތަނެއް ނޫނޭ އެހެން ވެއްޖެނަމަ ސޭންޑް ފިލްޓަރސް ތައް މެދުވެރިކޮށް މާލޭގެ ޑްރެެއިނޭޖް ސިސްޓަމަށް ގެތައް އިމާރާތް ކުރާއިރު ނަގާ ފެން ފިލްޓަރ ކޮށްފައި އެންމެ ހިރަފުސް ކޮޅެއް ވެސް ނުހުންނަ ވަރަށް ފިލްޓަރ ކޮށްފައި ފޮނުވާލެވޭނެއޭ ނުޖެހޭނެއޭ މާލޭގެ މަގުތައް ކޮނެ ނަގަން މީ ސީދާ މާލެ ސިޓީ ކައުންސިލް މޭޔަރު މުއިއްޒު އަކީ ވާނުވާ ބޮޑު ގަމާރު ބީތާ އަކަށް ވުމުން ވާ ގޮތޭ އޭނާ އަކީ އެއީ ފޭކް އިންޖިނިއަރެކޭ އޭނާ ހެދި އިންޖިނިއަރިންގް އެއް މިގައުމަކު ނެތޭ މާލެ ސިޓީ ކައުންސިލް ބޭރުކުރޭ އެއާލާތުންގެ މުސާރަ ނުދީ ހިފަހައްޓަން މަމެން ސަރުކާރަށް ގޮވާލަމޭ އެއާލާތުންނަށް މުސާރަ ދީ އެއާލާތް ގަނޑު ހޮވި ބަޔަކު….

  5. ބޭރުކުރޭ

    މުއިއްޒު އާއި މާލެ ސިޓީ ކައުންސިލް ގެ މުސާރަ ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް ދީގެން ނުވާނެއޭ ރައީސް އިބޫ އަށް މަމެން އަންގަމޭ މާލެ ސިޓީ ކައުންސިލްގެ މުސާރަ ހިފަހައްޓަން އަދި އެމެންނަށް މާލެ ސިޓީ ކައުންސިލް އިދާރާ އަށް ވަދެވިގެން ނުވާނެއޭ މާލެ ސިޓީ ކައުންސިލް މެމްބަރުން ތައް ބޭރުކޮޮށްލާ އެސިޓީ ކައުންސިލުން ކުރަމުން އަންނަ ހުރިހާ ކަންކަން ހަވާލު ކުރޭ ސިފައިންނާއި މުއިއްޒުގެ އަަމާބަފާ ތަރިކަ މުދަލެއް ނޫނޭ އޭނާ މާލެ ދަފްތަރު ވެސް އެރި ގޮތަށް އަރާ އުވާލައިގެން ގަމާރު ބީތާ އުޅެނީ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ މުއިއްޒު ބޭރުކުރޭ

  6. ނަން

    އުމަރު ރަނގަޅު!

  7. ޢުމަރުފަޅި

    ސާބޭ ވެރިޔާ. ތިކަންތައް ކުރަންވާނެ. މިފަހަރު ވޯޓް ތަފާތު ކޮށްލަންވާނެ.

  8. އެފް.އޭ

    ވަރަށް ރަނގަޅު. އިންޝާ ﷲ ކާމިޔާބަށް އެދެން.

  9. ދިފާއުގައި

    ސާބަހޭ ޢުމަރު! ތިކަހަލަ ވެރިއެއް އަހަރެމެން ބޭނުންވަނީ!! ކަން ނުވިޔަސް ތިވަރުގެ ބަސްތަކެއް ދޫމައްޗަށް އައި އިތުރު އިންސާނެއް މި ފަސްގަނޑަކުން ނުދެކެން..އަހަރެން ދުޢާކުރާނަން ޢުމަރަށް ވެރިކަން ދެއްވާތޯ.

  10. ހައިދަރު އަލީ

    އެހެންވިއްޔާ 30 އަހަރު ވެރިކަން ކުރަން ޖެހޭނެ