ޚަބަރު ސިޔާސީ

ޓެކްސް ބިލަށް ވޯޓު ނުދިން މައްސަލައިގައި ފިޔަވަޅު އެޅިކަން އެންގީ ބަރަވެލި ސްޕީޑްގައި: ޢާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޓެކްސް ބޮޑު ކުރާ ބިލަށް ވޯޓު ނުދެއްވި މައްސަލައިގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމަށް ފިޔަވަޅު އަޅައިފިއެވެ.

Ads by STELCO

ޢަލީ ޢާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން ވޯޓު ނުދިނުމުން، އޭނާ އެ ކުރެއްވީ ކުށެއް ކަމަށް ކަނޑައަޅައި، ފިޔަވަޅު އަޅައިފައިވާ ކަމަށެވެ. އޭނާއާމެދު ފިޔަވަޅު އެޅި ކަމަށް އަންގައި، އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ފޮނުއްވި ސިޓީގައި ސޮއި ކުރި ތާރީޚަކަށް އޮތީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަަނަ ދުވަހެެވެ. ޢާޒިމް އެކަމަށް ފާޑުވިދާޅުވެ، ސިޓީ ލިބުނީ "ބަރަވެލި ސްޕީޑް"ގައި ކަމަށް ވިދާޅުވިއެވެ.

އެ ސިޓީގައި އަސްލަމް ވިދާޅުވީ، ކުރިން ހުއްދައަކަށް އެދުމަކާ ނުލައި ވިޕްލައިނަށް އަމަލުނުކުރުމާއި މަޖިލީހަށް ހާޒިރުނުވުމާއި އަދި ވޯޓުގައި ބައިވެރިނުވުމަކީ ވެސް ކުށެއް ކަމަށެވެ. ވިޕްލައިނާ ހިލާފު ނުވުމަށާއި އެއާ އެއްގޮތަށް ވޯޓު ދިނުމަށް އާޒިމަށް ނަސޭހަތްތެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގައި ހުންނެވި އަސްލަމް ސިޓީގައި ވިދާޅުވިއެވެ.

ޖީއެސްޓީ ބޮޑުކުރުމުގެ ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ވަގުތު ތިއްބެވި 82 މެންބަރުންގެ ތެރެއިން 55 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު، އޭގެ ތެރޭގައި އެމްޑީޕީގެ 14 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އެއީ އެމްޑީޕީގެ ރައީސް މުޙަައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ.

 

Ads by Ooredoo
  1. ރައްޔިތުންގެ އަތުން ޓެކުސް ބޮޑުކޮށް ނަގައިގެން ވާހެޔު ފައިދާ ނަތީޖާ ނުފެނޭ، މަގުމަތީގައި ސަލާމް ޖަހާ މީހުން ވަރަށް ގިނަ އެމީހުންގެ ޒަރޫރީ ބޭނުން ނުފުދިގެން ސަލާމް ޖަހަނީ ! ޓެކުސް ނަގަނީ ރައްޔިތުން ނަށް ހިދުމަތް ފޯރުކިށްދޭން !