އަނިޔާވި ނޫސްވެރިޔާ ފަރުވާއަށް ލަންކާއަށް

މިއަދު އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަނިކޮށް އަނިޔާވި ޗެނަލް13ގެ ނޫސްވެރިޔާ، ހަސަން ޝަހީދު (ޝަންޗޭޒް) އިތުރު ފަރުވާއަށް ލަންކާއަށް ގެންދަން ނިންމައިފިއެވެ.
މިއަދު މަޖިލީސް މި އަހަރުގެ ދައުރަށް ހުޅުވުމާ ދިމާކޮށް ރައީސް ޞާލިޙް އިއްވެވި ރިޔާސީ ބަޔާނާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްގެން ފަހަތަށް ޖައްސައިފައެވެ. އިދިކޮޅުގެ މުޒާހަރާތައް ފެށީ މަޖީދިއްޔާ ސްކޫލު ކައިރިންނެވެ.
މުޒާހަރާ ކަވަރު ކުރަމުންދިޔަ ދެ ނޫސްވެރިޔަކަށް އަނިޔާވެގެން ފަރުވާ ދީފައިވެއެވެ.
ޕީޕީއެމް އިން މިއަދު ވިދާޅުވީ، ޝަންޗޭޒްގެ ސިކުނޑި އާއި މައިބަދަ އަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް ލަންކާއަށް ފޮނުވާލަން އާއިލާއިން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ މުޒާހަރާގެ ތެރެއިން 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ރިޔާސީބަޔާން ފެލާލައިފި!މެމްބަރ ސަޢީދުގެ ކޯޓް ފެލާލައިފި،ނޫސްވެރިއަކު ކިތައްމެރަނގަޅަކަށްވެސް ފެލާލައިފި..ރައްކާވެތިބިއްޔާދަތުރު’
ބަކަރި މަރާލަންވީ. ލަންކާ ަހފޮނުވާލުމުގެ ކުރިން މަރާލަންވީ
ނޫސްވެރިކަން ކުރަން ގޭގަ އޮތްނަމަ ތިހެން ނުވީހެއްނު.