ޚަބަރު ދުނިޔެ

ތުރުކީ ބިން ހެލުން: މަރުވި މީހުންގެ އަދަދު ހަތަރުހާހުން މައްޗަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުރުކީގެ ދެކުނުއިރުމަތީ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ސަލާމަތްވި މީހުން ހޯދުމަށް ގަޑިއާ ދެކޮޅަށް ދުވަމުން ދަނިކޮށް، ބޯކޮށް ވާރޭވެހި ސްނޯއާ ދެކޮޅަށް މީހުން ދަނީ ހަނގުރާމަ ކުރަމުންނެވެ.

Ads by Hajj Corporation
Ads by Sosun Fihaara

ތުރުކީވިލާތާއި ސީރިއާގެ ބޯޑަރު ސަރަހައްދުގައި ހޯމަ ދުވަހުގެ ފަތިހު އައި ބިންހެލުމުގައި 4،300 އަށް ވުރެ ގިނަ މީހުން މަރުވެ 15،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ސަލާމަތްކުރާ ފަރާތްތަކުން އިތުރު ޝިކާރައަކަށްވެފައިވާ މީހުން ފެނުމުން މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ދުވަސް ފާއިތުވަމުން އަންނަ ވަރަކަށް ރެސްކިއު ޓީމުތަކުން ދަނީ ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ވަރުގަދަ ކުރަމުންނެވެ.

ޑިޒާސްޓާ ޒޯނުގައި، ސަލާމަތްވި ގިނަ ބަޔަކު ތިބީ، އެނބުރި އިމާރާތްތަކަށް ދާން ވަރަށް ބޮޑަށް ބިރުގަނެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ހޯމަ ދުވަހުގެ 04:17 ހާއިރު ގަޒިއަންޓެޕް ސިޓީ ކައިރީގައި 17.9 ކިލޯމީޓަރު އަޑިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!