ދުނިޔެ

ތުރުކީ ބިންހެލުން: އިދިކޮޅު ޕާޓީން ބުނަނީ ޒިންމާ ނަގަން ޖެހޭނީ އުރުދުޣާން ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުރުކީއަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވުމާ ގުޅިގެން، ސަރުކާރަށް ތައްޔާރު ނުވެވޭ ކަމަށް ބެލެވޭތީ ތުރުކީގައި ދަނީ ރުޅިވެރިކަން އިތުރުވަމުން ކަމަށް ބޭރުގެ ބައެއް ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara

 

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ، ބިންހެލުމާ ގުޅިގެން ތުރުކީގައި މަރުވި މީހުންގެ ރަސްމީ އަދަދު 9،057 އަށް އަރައިފައިވާ ކަމަށެވެ.


އިދިކޮޅު މައި ލީޑަރު ވަނީ މި ހާދިސާއާ ގުޅިގެން، އުރުދުޣާން ކުށްވެރި ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

 

ނަމަވެސް އުރުދުޣާން ރައްދު ދެއްވައި ވިދާޅުވީ މިފަދަ ބޮޑު ކާރިސާއަކަށް ތައްޔާރުވެ ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

 

ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އިން ދޭ ޖަވާބަކީ މާ ލަސް ޖަވާބެއް ކަމަށް ބުނެ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަނެއް ބަޔަކު ބުނަނީ ސަރުކާރުން ކުރިން އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމަށެވެ.


ތުރުކީގެ އިދިކޮޅު މައި ޕާޓީގެ ލީޑަރު ކެމަލް ކިލިކްދަރޮގްލޫ ވިދާޅުވި ގޮތުގައި މިކަމުގެ ޒިންމާ އުފުލަން ޖެހޭ އެންމެ ބޭފުޅަކު ހުންނެވި ނަމަ
، އެއީ އުރުދުޣާންއެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!