ދުނިޔެ

ތުރުކީ ބިންހެލުން: 15،000އަށްވުރެ ގިނަ މީހުންގެ މަރާއެކު އެތައް ބައެއްގެ ލޮލުން ކަރުނަ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުރުކީ-ސީރިއާ ހިމެނޭ ސަރަހައްދަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާއެކު އެތައް އިމާރާތެއް ބިމާ ހަމަވެ، ސުންނާފަތި ވެފައިވާއިރު، މި ޤުރުދުރަތީ ކާރިޘާގައި މި ދުނިޔެ ދޫކުރި މީހުންގެ އަދަދު 15،000އަށް އަރައިފިއެވެ.

Ads by Sosun Fihaara

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުން އައި ނަމަވެސް، ސަލާމަތް ކުރަން ތިބި މީހުން ގިނަ ކަމުންނާއި، އިމާރާތްތަކުގެ ދަށުން މީހުން ނެގުމަށް ކުރަން ޖެހިފައިވާ މަސައްކަތުގެ ބުރަ ކަމުން، އެތައް ބަޔަކު ދަނީ ސަލާމަތް ނުކުރެވި މަރުވަމުންނެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ކައިރިން ދާއިރު، މީހުންގެ ވޭނީ ކެކުޅުމާއި ރުއިމުގެ އަޑުވެސް އިވެއެވެ. އެއީ އިމާރާތްތަކުގެ ދަށުވެ، ނުނުކުމެވި ތިބި މީހުންގެ އަޑެވެ. ނަމަވެސް ރެސްކިއު ޓީމުތަކުގައި އޮފިޝަލުން މަދު ކަމުން، އެންމެން ސަލާމަތް ކުރުމަށް ވަގުތު ދަނީ ކުޑަތަންވަމުންނެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޢާން ވަނީ ޤައުމު އަލުން އާރާސްތު ކުރައްވައި، ވެއްޓުނު އިމާރާތްތަކާ ގެތައް އަލުން އަޅުއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވައިފައެވެ.  ނަމަވެސް އެ މަނިކުފާނަށް ތުރުކީގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ފާޑު ކިޔުންތަކުގެ ރައްދުގައި އުރުދުޣާން ވިދާޅުވީ މިފަދަ ބޮޑެތި ޤުދުރަތީ ކާރިޘާތައް ކުރިމަތިވުމުން، ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!