ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރައްވާނެ އެއްގޮތެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ “އިބޫ ފަހަތަށް ގާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް” ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި ރައީސް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ރައީސް ނަޝީދާއެކު ޤާސިމް އިއްތިހާދެއް ހެދުމުން ކުރަން ޖެހުނު ހިތި ތަޖުރިބާ ޤާސިމް ހަދާން ހުންނާނެ ކަމަށެވެ.
ޝަރީފުގެ ވާހަކައަށް ރައްދުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޝަރީފުމެންނަށް އެނގެނީ އަދި ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.
“"ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލައި ވާވެއްދީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު،" ނަޝީދު ވިދާޅުވިއެވެ.
ގާސިމް އާއި ނަޝީދު އާއި އުމަރު ގުޅިގެން ރިޔާސީ އިންތިޚާބަށް ނިކުތުން އެއީ މިފަހަރު ރަނގަޅު ޖަވާބު ލިބޭނެ އީކްއޭޝަން އަކީ ގާސިމް އަށް ހޯދޭނެ 50 ހާސް ވޯޓް ފައިސާގެ އެހީގައި ނަޝީދު ހޯދާނެ 50 ހާސް ރީއްޗަށް ދެން އުމަރު ހޯދާނެ މަދުވެގެން 5 ހާސް ވޯޓް ދެން ގާސިމާއި ނަޝީދާއި އުމަރު މިތިން މީހުންގެ ނުފޫޒާއި އަދި ތަޖްރިބާ އާއި ފައިސާ ބޭނުން ކޮށްގެން ލިބޭނެއޭ އިތުރު 15 ހާސް ވޯޓް އިތުރަށް ނަތީޖާ އަކީ 120 ހާސް ވޯޓް އިން ގާސިމް ކާމިޔާބު ކުރުމޭ މިގޮތް ހަދަން ނަޝީދު އިސްނަގަންވީއޭ ނަޝީދު އަކީ ކޮންމެ ކަމެއްގައި ވެސް އަބަދުވެސް އިސްނަގާ ސިޔާސީ ވެރިއަކަށް ވާތީވެ ނަޝީދު މިކަމަށް އިސްނަގައިފިނަމަ މިކަން ކާމިޔާބުވާނެއޭ ކޮންމެ ގޮތެއް ގައި ނަމަވެސް ވެރިކަން ބަަދަލު ކުރުން އެއީ ހައްލެއް ނޫނޭ ހައްލަކީ ދާއިމީ ހައްލެއް ރާއްޖޭގެ ސިޔާސީ މައިދާނަށް ހޯދުން އެކަން ކުރެވޭނީ ގާސިމް ރައީސް ކަމަށް ނައިބް ރައީސް ކަމަށް އުމަރު ނަސީރު އަދި ފިނޭންސް މިނިސްޓަރު ކަމަށް ނަޝީދު ފޮރިންގް މިނިސްޓަރު ކަމަށް ރައީސް ޔާމީން މި އީކްއޭޝަން އެއްވެއްޖެނަމަ ދެން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާ އަށް ބޭނިގަންނާން ވެސް ނުކެރޭނެއޭ….
މިފަހަރު ގާސިމު ރައީސް އިބޫއާއެކު ފުރަތަމަ ބުރުގައިވެސް ނުކުންނާނެ ސްލިހުގެ ރަނިންގ މޭޓަކީ ގާސުމުގެ ދަރިކަލުން
މީހުން ދެކޭ ގޮތް ތިއޮތީ ފެންނާކައްނު މިހިރި ގަމާރާ..