ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: މަރުވި މީހުންގެ އަދަދު 28،000އަށް، ދިރިހުރި މީހަކު ފެނޭތޯ އަދިވެސް ބަލަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސީރިއާ އާއި ތުރުކީއަށް އައި ބާރުގަދަ ބިންހެލުން އައިތާ ފަސް ދުވަސް ފަހުން ހޮނިހިރު ދުވަހު ވެސް ސަލާމަތްވި ބައެއް މީހުން އިމާރާތްތަކުގެ ދަށުން ނެރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އިތުރު މީހުން ފެނިދާނެ ކަމުގެ އުއްމީދު ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ.

Ads by WAMCO

ހޯމަ ދުވަހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމަކީ 1939 ވަނަ އަހަރަށްފަހު ތުރުކީއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ. މި ނުރައްކާތެރި ބިންހެލުމާއެކުގައި،  ތުރުކީގައި މަރުވި މީހުންގެ އަދަދު 24،600 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ސީރިއާގައި މަރުވި މީހުންގެ އަދަދު ވަނީ 3،500 އަށް އަރައިފައެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 28،000 އަށް ވުރެ މައްޗަށް އަރާފައެވެ.

އަންޓަކްޔާއިން ރިޕޯޓްކުރާ އަލްޖަޒީރާގެ ބާނާޑް ސްމިތު ބުނީ ތުރުކީގެ ހަޓޭ ޕްރޮވިންސްގެ ވެރިރަށް، ބިންހެލުމަށް ފަހުގައި ފުނޑުފުނޑު ވި ނަމަވެސް އަދިވެސް އުއްމީދުގެ އަލިކަމެއް ފެންނަން އެބަހުރި ކަމަށެވެ.

"ބިންހެލުމަށް ފަހު، މިހާރު މިތިބީ 135 ވަނަ ގަޑިއިރުގައި، އެކަމަކު އަދިވެސް އުއްމީދެއް އެބައޮތް. އަދި 132 ވަނަ ގަޑިއިރު ކުޑަކުއްޖަކު ސަލާމަތްކޮށް، އޭގެ ދެ ގަޑިއިރު ކުރިން އަންހެނަކާއި ފިރިހެނަކު ދިރިތިއްބާ ސަލާމަތްކުރި. ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލާ،" ސްމިތު ވިދާޅުވިއެވެ.

އަދި 24 ގަޑިއިރުގެ ތެރޭގައި އެ ސިޓީގެ އެއާޕޯޓު އަލުން ހުޅުވުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް އޭނާ ބުންޏެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!