ޚަބަރު ސިޔާސީ

ބައެއް ދިވެހިންނަށް ދަސްވެގެން މި އުޅެނީ އައު ވައްތަރެއްގެ ޑިމޮކްރަސީއެއް: ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބައެއް ދިވެހީންނަށް ދަސްވެގެން މި އުޅެނީ އާ ވައްތަރެއްގެ ޑިމޮކްރަސީއެއް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ ޤައުމެއް ކުރިއަރައިގެން ދާނީ، އެތަނެއްގައި ސުލްހަމަސަލަސްކަމާއި އަމާންކަން ޤާއިމުވެ އޮވެގެން ކަމަށާއި، އިރު އަރާ ކޮންމެ ދުވަހަކު މަގުމަގުތި ހަލަބޮލި ކުރުމަކީ، ދުނިޔޭގެ އެއްވެސް ތަނެއްގައި ކޮށް އުޅޭ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ސުލްހަ ޤާއިމުކޮށް، މަގުތަކުގައި އަމާންކަން ޤާއިމު ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކަށް މަގުމަތިން މި ސަރުކާރު ވައްޓާލެވިދާނޭ ހީވެގެން އުޅޭ އުޅުމަކީ  ކުށް ހީއެއް. އެކަމެއް ނުވާނެ."

މަވޯޓާ މިހެން ވިދާޅުވިއިރު، އޭނާ ވަނީ މީގެ ކުރިންވެސް ރައީސް ޞާލިޙު ވެރިކަމަށް އަލުން އިންތިޚާބު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ހަމަޖެހުން ޤާއިމު ކުރެވޭނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީގެން ކަމަށް ވިދާޅުވެފައެވެ.

 

Ads by HDC
  1. ދިވެހި މުސްކުޅިން

    ޑިމޮކްރަސީ އިން ބައެއް މީހުން މޮޔަކޮށްފި

  2. ދޮންއާދަމްބޭ.

    ޑިމޮކްރަސީ އެއީ ކޮން ޤަވްމަކަށް އުފަންވި އެއްޗެއްތޯ؟