ދުނިޔެ

ބިންހެލުމުގައި، ސީރިއާގައި ފިލްމު އުފައްދާ މީހެއްގެ އާއިލާގެ 13 މެމްބަރުން މަރުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ކުރު ފިލްމު "ދަ ވައިޓް ހެލްމެޓްސް" އާއި އޮސްކާ އަށް ނޮމިނޭޓްވި ޑޮކިއުމެންޓްރީ " ލާސްޓް މޭން އިން އަލެޕޯ" ގެ ސިނަމެޓޯގްރާފަރު ފާދީ އަލް ހަލަބީގެ ޢާއިލާގެ ގިނަ ބަޔަކު، ތުރުކީ-ސީރިއާ ބިންހެލުމުގައި މަރުވެއްޖެއެވެ.

Ads by WAMCO

އޭނާ ވަނީ ޢާއިލާގެ 13 މެމްބަރުން ވަކިވެގެން ދިޔަކަން ދުނިޔެއަށް އިޢުލާނު ކޮށްފައެވެ.

"އަހަރެންގެ ޢާއިލާ ގޮއްސި. އަހަރެންނަށް ސަޕޯޓް ދޭން ތިބި މީހުން ގޮއްސި."

ފްރީލާންސް ނޫސްވެރިންގެ ރައްކާތެރިކަމަށް އެހީތެރިކަން ފޯރުކޮށްދޭ ލަންޑަންގެ އެންޖީއޯއެއް ކަމަށްވާ ރޯރީ ޕެކް ޓްރަސްޓުން ބުނި ގޮތުގައި އަލް ހަލަބީ ވަނީ 2012 ވަނަ އަހަރު ސީރިއާގެ އެހެން ބައެއް ނޫސްވެރިންނާ އެކު އަލެޕޯ މީޑިއާ ސެންޓަރު އުފައްދައިފައެވެ.

ތުރުކީ އާއި ސީރިއާގައި މަރުވި މީހުންގެ އަދަދު 34،179 އަށް އަރާފައިވާއިރު، ބިންހެލުން އައިތާ ހަފުތާއެއްހާ ދުވަސް ފަހުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސީރިއާގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ދަތި ވެފައި ވަނީ ޒަމާނުއްސުރެ ހިނގަމުން އަންނަ ދާޚިލީ ހަނގުރާމައަކާއި އެ ޤައުމުގެ އުތުރުގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އެހީ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!