ޚަބަރު ސިޔާސީ

މަގު ހެދުމުގެ މަޝްރޫޢުތައް ކުރިއަށް މި ދަނީ ހައި ސްޕީޑްގައި: ޖާބިރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މަގު ހެދުން ފަދަ މަޝްރޫޢުތައް ހައި ސްޕީޑުގައި ކުރިއަށްދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސަރުކާރަށް ތައުރީފު ކުރައްވައިފިއެވެ.

Ads by Hajj Corporation

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް، ރޭ އެމްޓީސީސީން ވަނީ ފަށައިފައެވެ. މިގޮތުން އެ ކުންފުނިން ވަނީ ސްޓެލްކޯއާ ހަމައަށް ތާރު އަޅައި ނިންމައިލައިފައެވެ.

މިކަމާ ގުޅޭގޮތުން އަމީނީ މަގުގައި ހުންނަވައި ޖާބިރު ވިދާޅުވީ ރައްޔިތުން ހިތްހަމަޖެހޭނެ ފަދަ މަޝްރޫއުތައް ސަރުކާރުން ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމަކީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އަދި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިފަދަ ކަންކަން މި ސަރުކާރުން ވަގުތު ސަލާމަތްކޮށް، ވަގުތުން ވަގުތަށް ކުރަމުންދާތީ، އަޅުގަނޑު ވަރަށް އުފާވާތީވެ، އެ ވާހަކަވެސް ދަންނަވާލާ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަމޭ."

ޖާބިރު ވަނީ އަމީނީ މަގުގައި ތާރު އަޅާތީ، އެމްޓީސީސީއާއި، އާރްޑީސީއާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިންނަށްވެސް ޝުކުރު އަދާ ކުރައްވައިފައެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84،414،546.83ރ. އަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

Ads by Allied Insurance
  1. ޢަލީ

    ރައްޔިތުން ވާ ނުވައްދާ ޖާބިރެއްކަމަކު!
    ކިހާބާރު 5އަރުން 5 ކިލޯމީޓަރ ވެސްނޭޅުނުވިއްޔާ!