ޚަބަރު ސިޔާސީ

މިއަދު ސިފައިންގެ ތެރޭގައި ތިބޭނީ ހިތްވަރުގަދަ ބޭފުޅުން، ފިނިކޮޓަރިން އައިސް ކީރިތި ކުރައްވާނެ ބޭފުޅުންނެއްނޫން: މާރިޔާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދު ސިފައިންގެ ތެރޭގައި ތިބޭނީ ހިތްވަރުގަދަ ބޭފުޅުން ކަމަށާއި ފިނިކޮޓަރިން އައިސް ކީރިތި ކުރައްވާނެ ބޭފުޅުންނެއްނޫން ކަމަށް ވިދާޅުވެ އިދިކޮޅު އެކްޓިވިސްޓު ސަމަދަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓު ކަށަވަރުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ދިފާއީ ވުޒާރާ ހަވާލުކުރެއްވުމަށްފަހު ރައީސް އެދިވަޑައިގެންނެވީ ދިވެހި ރައްޔިތުންގެ އިތުބާރު ހުރި ގަދަރު ހުރި ސިފައިންގެ ފައުޖެއް އެތާންގައި ގާއިމުކުރުމަށް އެމީހުންގެ ގާބިލުކަން އިތުރު ކުރެއްވުމަށް ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާވަނީ އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަނުން ހިފެހެއްޓި ޕީޕީއެމްގެ ހުޅުމާލޭގެ ގޮފީގެ ރައީސް، އަބްދުއްސަމަދަށް ފާޑުކިޔުއްވާފައެވެ. މިގޮތުން އަވައްޓެރި ގައުމެއްގެ މިލިޓަރީއާއި ދިމާލަށް އެކި ގޮތްގޮތަށް ގޮންޖައްސަވައި ބޭފުޅުންގެ ތެރޭގައިވެސް ފައުޖުގެ ކުރީގައި ދިދަ ހިއްޕަވައިގެން ހުންނެވުމަށްފަހު އާއިލާއާއެކު އިންޑިއާއަށް ކުރި ދަތުރުގެ ވާހަކަ މާރިޔާވަނީ ދައްކަވާފައެވެ.

"ތުނބުޅި ބާލައްވައި ކުޑަކޮށް ތައްޔާރުވެލައިގެން އާއިލާއާއެކީ އެގައުމަށް ވަޑައިގެންނެވި ވަޑައިގަންނަވާފައި ދެން ފެނުނީ އަނބުރާ ވަޑައިގެންނެވިތަން. ކެމެރާތައް ހުރީ އަޅުވާފަ ވަޑައިގެން ވާހަކަފުޅު ދައްވަމުން އަޅުގަނޑަށް ފެނުނީ މޫނުގައި އަތް އަޅުއްވާ އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތިކުރެއްވުނުހެން ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނަ ހޭދަކުރީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއް ހެން ހުންނަވާތަން ފެނޭ ވަޑައިގެން ހޭދަ ކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތިކުރައްވަމުން މިވަރު މީހުން މި ނުކުމެ މިއުޅެނީ" މާރިޔާ ވިދާޅުވިއެވެ

މާރިޔާ ވިދާޅުވީ މިއަދު ﷲ އިރާދަކުރެއްވިއްޔާ ސިފައިންނާއި ފުލުހުންގެ އެހިތްވަރު ހުންނާނެކަމަށާއި އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ހުރެފައި އައިސް ރޮއެއް ނުގަންނާނެކަމަށެވެ. އަދި މިއަދު ސިފައިންގެ ތެރޭގައި ތިއްބެވީ ހެދެނީ ނުހެދެނީ ކިހިނެތްކަމެއް ނޭނގޭބައެއް ނޫން ކަމަށާއި ތައްޔާރު މިކުރަނީ ރައީސްގެ ދިފާއީ ފައުޖަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރި ފައުޖެއްކަމަށެވެ.

  1. އަންނަނީ

    ޓެކްސް ބޮޑު ކޮށްގެން ރައީސް އިބޫ ފުރަތަމަ ވެސް ކުރި ކަމަކީ ބަންޑާރަ ފައިސާ ފޮށީގައި ހުރި ފައިސާ ތައް ކެމްޕެއިނަށް ޚަރަދު ކުރާ ބޮޑެތި ވަގުންނަށް ބަދަލެއްގެ ގޮތުން އެތައް ހާސް މިލިއަން ރުފިޔާ އެއް ބަދަލެއްގެ ގޮތުގައި ދިނުމޭ އަމީނީ މަގު ތާރު އަޅަނީ ކޮން ދުވަހަކުތޭ މިސަރުކާރުގައި ރައްޔިތުން އެހުމުން ބުނަނީ ތާރު އަންނަނީ އަންނަނީ އަންނަނީ ވެލާނާ އެއާރޕޯރޓް ތޮށިގަނޑު ފުނޑި ރަންވޭ އަށް ރާޅުއަރާތީވެ ބުނަނީ ހިލަ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ

  2. ވަގުންނޭ

    ރައްޔިތުން އަތުން އިންތިހާ އަށް ޓެކްސް ނަގާ އެވަރުން ނުވެގެން ބާޒާރު ކުރާ ކޮންމެ ކޮތަޅަކުން 2 ރުފިޔާގެ ޓެކްްސް އެއް ބޮޑު އޮޅުވާލުމެއްގެ ތެރޭން ކޮތަޅު ފީގެ ނަމުގައި ޓެކްސް ނަގާ ރައްޔިތުން ބިކަކުރާ ސަރުކާރެކޭ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގާޅުން ސަލާމް ޖަހަން މާލޭގެ މަގުމަތީގައި އުޅޭ އިރު ވެސް އަޅާނުލައޭ މަސްތުވެފައި ތިބޭ މީހުން ފައިސާ މެޝިން ގާތު ސަލާމް ޖަހާއިރު ވެސް އެކަން ހައްލު ނުވެއޭ ސްޓިކާ ތަޅާ ތަޅާ ތަޅާ ރައްޔިތުން ހަނާ ހަނާ ހަނާ ހަނާ ހަނާ ހަނާ ކުރަނީއޭ…

  3. ހިނގާދަމާ

    ހިނގާ މަމެންނާއި އެކު ދާން ގާސިމް ގޯއްޗަށް ނުވާނަމޭ ވަރުބަލި މަމެން ދޫދޭނީ ގާސިމް އާއި ސަންސިޔާމް އާއި އަންނި އާއި އުމަރާއި އަދި ކާރނަލް ނާޒިމް އަދި ޕީޕީއެމް އެކުވެރިވެ އެމެން އެއްކޮށް ގާސިމް ކުރިއަށް ނެެރެގެން މާލީ ވަޒީރު ކަން ކެނެރީގެ ނަޝީދަށް ދީ އެޑިއުކޭޝަން މިނިސްޓަރު ކަން ޑރ.އުގައިލް އަށް ދީ އަދި ޑރ. ހަސަން ގާސިމްގެ ރަނިންގް މޭޓަކަށް ލާ އަދި ޚާރިޖީ ވަޒީރަކަށް ރައީސް ޔާމީން ލައިގެން މިވަތަން އެދޭ ގޮތަށް މިވަތަންގެ މިސްރާބު ބަދަލު ކޮށްގެންނޭ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ނަގަން ބުންވަރު ހިފާ މަމެން އަތުގައި ހިފާ ހިފާ ހިފާ ހިފާ ހިނގާ ބަހީ އާދޭ އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  4. ޢަޒްރާ އަލީ

    މިއަދު ގައުމަށް ބޭނުންވަނީ ﷲގެ އިސްމުފުޅަށް ފައިން ނާރާނެއިސްލާމީ ވަޙުދަތު އެނގޭ ގާބިލު ބޭފުޅުން އުސްތާޒަކަސް ﷲގެ އިސްމުފުޅަށް ފައިން އަރާ ހިސާބައް ދިޔައިމަ ކަމަކުނުދޭ

  5. މިއަދު

    ސިފައިންގޭގާ ތިބީ ހިތްވަގަދަ މީހުނެއްނޫން، ތިތާގާ މިހާރު ތިބީ ގައުމު ފަނާކުރާ އަމިއްލައެދުންބޮޑު ރައިއްޔަތުނަށް އިންޑިއާ ލައްވާ އަނިޔާ ކުރުވާ އަދި ފުލުހުންނާ ސިފައިން ނެރިގެން ރައިއްޔަތުންނަށް އަނިޔާކުރާ ޚާއިނުން ތަކެއް،އެއީ ހިތްވަރުގަދަވުމެއްނޫން،އެއީއަނިޔާވެރިވުން މާރިޔާ! ހިތްވަރުގަދަ ވުމަކީ ތިމާމެންގެ އަމިއްލަ ވަތަން އަމިއްލަފަސްގަނޑު އަމިއްލަ ރައިއްޔަތުންގެ ދިފާއުގާ ތެދުވެ ގައުމާ ވަޒަނާ ލޮބުވެތި ރައިއްޔަތުން ދިފާއުކޮށް ސަލާމަތްކުރަން ކެރުން އިންޑިއާއިން ބަހެއް ބުނާއިރަށް ތިގޮތަށް ފިނޑިވެ އެމީހުން ބުނާ ކޮންމެ ނުބައިކަމެއް ގައުމަށާރައިއްޔަތުންނަށްކޮށް އަނިޔާވެރިވުމެއްނޫން ގައުމު އަޅުވެތިކުރުމެއް ވެސްނޫން، ގައުމަށް ޣައްދާރުވުމެއްވެސް ނޫން، އެންމެ ކުޑަމިނުން މިހާރު ތިމާގެއަމިއްލަ ނަފުސަށްވެސް ތިވަނީ ޣައްދާރު، މާތްﷲ ގަންދީ ހުވާކުރީ ގައުމާރައިއްޔަތުންނާ އިސްލާމްދީންގެ ހައްގުގާ މަސައްކަތް ކުރަން ކޮބައިތޯ މިކުރި ހުވާގެ އެންމެ ކަމެއްވެސް ކުރެވިފާ،؟؟ މުޅީން ތިކުޅެނީ އިދިކޮޅަށް، މިހާރު ހީހީފާ ތިކުރާ މަލާމާތާ ފުރއްސާރައިގެން ގދަ ވޭން ލިބޭނެކަން ހަނދާނުގާ ރައްކާ ކުއްލަން މާރިޔާއަށް ގޮވާލަން.
    އަދި އެއްވާހަކަ އާސަންދައިން ބޭސްފަރުވާކުރެވޭނެ ގޮތް އިންޑިއާ ނޫން އެހެންގައުމުތަކަށްވެސް ހަމަޖައްސާދީ!! އޭރުން އިންޑިއާއަށް ދުވަހަކުވެސް މީހުން ނުދާނެ، މިހާރުވެސް އިންޑިއާއަށްދަނީ ބޭސްފަރުވާއަށް، އިންޑިއާރީތިވެގެނެއް ނޫން، އެވަރުގެ ގޮނޑު މުޑުދާރު ތަނަކަށް ކާކުތޯ ރީއްޗަކަށް ދާނީވެސް ؟ މަގެއްމައްޗަށް ނުކުމެއްޖިއްޔާ ކުއްތާއާގެރިގުއިން ހިގާލެވެންނޯވޭ ދުވާވަހުން ނޯއްދަމާލަން ނުކެރޭ، މިވަރުން ހަމަ ނަލައަށް މީހުންދާނެތަ؟