ޚަބަރު

ކުރިޔަށް އޮތީ އުޖާލާ ދުވަސްތަކެއް، އިޤްތިޞާދާއި އާމްދަނީ ޑަބަލްވާނެ: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ މުސްތަޤްބަލުގައި ކުރިޔަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށާއި، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދިނުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންގެ ހާލު ރަނގަޅުވެއްޖެ ކަމަށާއި އަދި ކުރިޔަށް އޮތީ މިއަށްވުރެ އުޖާލާ ދުވަސްތަކެއް ކަމަަށެވެ.

ކުރިޔަށް އޮތީ އިރާދަ ކުރެއްވިއްޔާ އުޖާލާ ދުވަސްތަކެއް، ތަނަވަސް ކަމާއި އުފާ ފާގަތި ޖަޒީރާ ދިރިއުޅުމެއްގެ ބަހާރު މޫސުމަކަށް އަލިވިލޭ ވިލުމެއް" ރަޢީސް ޞާލިޙް ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދު ދެ ގުނަވެ، ދައުލަތުގެ އާއްމުދަނީ ޑަބަލްވެ، ވިޔަފާރިތަކަށް އާ ސިޔާނާއަތްތަކަށް ޖާގަ ލިބި، އާ ވަޒީފާތައް އުފެދި، ފަރުދުންގެ އުފެއްދުންތެރިކަން އިތުރުވާނެ އާ ޒަމާނެއް."

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުންނަވާނީ އެމްޑީޕީގެ މެމްބަރުންގެ ޚިޔާލާއި މަޝްވަރާއާއި އެކު ތައްޔާރު ކުރެވޭ މެނިފެސްޓޯއަކާ އެކީ ކަމުގައެވެ. ރައީސް ވިދާޅުވީ، އެމްޑީޕީ ދާން އެދުނުތަނާއި ދާދި ގާތްވެ، އަތް ލެވޭ ހިސާބަށް އާދެވިފައި ކަމަށާއި، މިހާރު ކުރާން ޖެހިފައި އޮތް ކަމަކީ، އެންމެން އެކީ ނިކުމެ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ކަމުގައެވެ.

  1. ބޮޑު އަލީ

    އާމްދަނީ ލިބެން ހުރި ތަންތަން ބޭރު މީހުންނަށް ދޫކޮށްލައި، ލޯނު ދަންތުރާގައި ޖެއްސުމަށް ފަހު އެކަމުން މިންޖު ވާނެ ގޮތެއް ނެތި،އިގްތިސޯދު އެތައްގުނައެއްވާނެ ފޯމިޔުލާއަކީ ކޮބައިތޯ؟

  2. ބަލާތި

    ޓްރާންސްޕޯރޓް މިނިސްޓްރީ އެކަނި ނޫނޭ ސަރުކާރުގެ ހުރިހާ އޮފީސް އިމާރާތް ތައް ހުޅުމާލެ އަށް ބަދަލު ކޮށްލަންވީއޭ ވެލާނާގެ ބިލްޑިންގް އެއްކޮށް ހުޅުމާލެ އަށް ބަދަލު ކޮށްލަން އެތަނުގައި 1 ހެކްޓަރުގެ ބިމެއްގައި 25 ބުރިއަށް އޮފީސް އިމާރާތެއް ކޮށް ހަދާ އެތަަނަށް ވެލާނާގެ ބިލްޑިންގް ގައި ހުރިއްޔާ ހުރި ހުރިހާ އޮފީސް ތައް ބަދަލު ކޮށްހަދާ އަދި އަމީނީ މަގުގައި ހުރި ހުރިހާ ސަރުކާރުގެ އޮފީސް ތަކާއި މީރާ ވެސް ބަދަލު ކޮށްލަންވީއޭ ހުޅުމާލެ އަށް މާލެ އަށް އޮތް ބާރު ކުޑަކުރާށޭ އަދި ސަރުކާރުން ކުއްޔަށް ހިފާފައިވާ ހުރިހާ އަމިއްލަ މީސްމީހުންގެ އިމާރާތް ތަައް ޖެހޭނީ ދޫކޮށްލާ އެތަން ތަނަށް ވެސް ހުޅުމާލޭން ބިން ދީގެން އެތަނަށް ހުރިހާ އޮފީސް ތަކާއި ކުންފުނި ތައް ބަދަލު ކޮށްލަން ސްޓެލްކޯ އަދި އެސްޓީއޯ އޮފީހާއި ފެނަކަ އޮފީހާއި އަދި ދެން ވެސް ހުރި ސަރުކާރުގެ ހުރިހާ ކުންފުނި ތަކުގެ އޮފީހާއި އާރުޑީސީ ސައިޓާއި ހުރިހާ ތަންތަން ހުޅުމާލެ އަށް ބަދަލު ކޮށްލާ މާލެ އަށް އެބަޖެހޭ ލުއި ކުރަން ހުޅުމާލޭ ހުޅަނގުން އޮތް ބޮޑު ފަޅު ހިއްކާ އެތަނުން އަމިއްލަ ކުންފުނި ތަކަށް ވެސް އަހަރަކު 10 ހާސް އަކަފޫޓްގެ 10 ހާސް ގޯތި ވިއްކަމުން ދާންވީއޭ ގޯއްޗެއް 10 މިލިއަން ރުފިޔާ އަށް….

  3. ހޫނުމޫސުން

    ކުރިޔައްއޮތީީ ވަރައްތަދުު ނިކަމެތިި އަނިޔާވެރިކަމުންފުރިގެންވާާ ދުވަސްތަކެއްކަމައްް ލަފާކުރެވެނީީ ދިވެހީންގެެ އަތުންް ހޯދެންއޮތްގޮތަކުންް ފައިސާހޯދަމުންގެންދާއިރުު އިންޑިއާމީހުންނައްް މިގައުމުގައިި ހުރިހާކަމަކާއެއްްޗެއްް ފްރީކޮއްދެމުންދިއުމަކީީ ނުރައްކާތެރިި ރަގަބީލެއްގެެ ފެށުންް

  4. ހިނގާދަމާ

    ހިނގާށެ ނަލަ ކުރަމާ ރާއްޖޭގައި ވެރިކަން ކުރާ މައިރަށް ފުރަމާލެ ހިނގާށެ މާލޭގެ ދެކުނު ފަރާތުގައި ހުރި ހާބަރު ކަޑަތައް ހިންގާ އެންމެނަށް އެކަކު ވެސް ބާކީ ނުކޮށް އެއިން ކޮންމެ މީހަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް ހުޅުމާލޭ ހުޅަނގުން އޮތް ބޮޑު ފަޅު ހިއްކާ އެތަނުން ގޯތިދީ އެމެންނަށް ވިޔާފާރި ކުރަން ފަހި ފުރުސަތުދީ މިވަތަން ދެކެ އެމެން ލޯބިން ވިޔާފާރި ކުރާ ގޮތް ހަދަމާ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ބަހީ އިޖާބަ ދެމާ ރައްޔިތުން އެދޭ ގޮތަށް ހިނގާ މަމެންނާއި އެކު ނުވާނަމޭ ވަރުބަލި ވަތަންގެ ދަރިން އެމެންގެ ކުރިމަގަށް ޓަކައި މިވަތަން ގައި ވިޔާފާރި ކުރަން އެމެން ބޭނުން ވުމުން އެމެންނަށް ފަހި ފުރުސަތު ދޭ ސަރުކާރަކަށް ކުރިމަގުގައި މިވަތަން ގައި އޮންނަ ގާސިމް އިބްރާޙިމް އާއި އަންނި އާއި ޔާމީން އާއި އުމަރާއި ކާރނަލް ނާޒިމާއި އަދި ސަން ސިޔާމް ގުޅިގެން އުފައްދާ ގުޅުމުން ފަހި ކުރަމާ ހިނގާ ނަގާށޭ ބުންވަރު ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ބަހީ އާދޭ މަމެންނާއި ގުޅިގެން ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….