ޚަބަރު ސިޔާސީ

ސަމަދަށް ދިން ބަހުގެ ހަމަލާތަކާއި ގުޅިގެން މިނިސްޓަރު މާރިޔާ ހޫނު ފެނަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ އިދިކޮޅު ސަޕޯޓަރަކު އެގައުމުން ބޭރުކޮށްލާފައިވަނިކޮށް އޭނާއަށް ދިން ބަހުގެ ހަމަލާތަކާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހޫނުފެނަށް ވެއްޓިއްޖެ އެވެ.

Ads by MWSC

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެރުވުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ އިންޑިއާ ސިފައިންނަށް އެކި ގޮތްގޮތަށް ގޮންޖަހައި ވާހަކަ ދެއްކި އިދިކޮޅު ސަޕޯޓަރަކު "ތުނބުޅި ބާލައި ތައްޔާރުވެ، އާއިލާއާއިއެކު" އިންޑިއާއަށް ދިޔުމުން ޑީޕޯޓުކޮށްލި ކަމަށެވެ. އަދި އޭނާ އަނބުރާ ރާއްޖެ އައިސް، އޭނާއަކީ ސިފައިންގެއަށް މުޅި އުމުރު ހިދުމަތް ކުރި މީހެއް ކަމަށް ބުނެ "ކީރިތި ކުރެއްވި" ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ސިފައިންނާ ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ޖަޑިބެއްހެން ކުރީގައި ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގަ. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތިފުޅު ކުރައްވަމުން" މާރިޔާ ވިދާޅުވި އެވެ.

މާރިޔާގެ ވާހަކަފުޅުގައި ކުރިން ސިފައިންގެއިން ތަމްރީނު ލިބިލެއްވި ފަރާތްތަކަކީ "ފިނޑި" ބައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އެވާހަކަ ނިންމަވާލައްވައި ދެން ވިދާޅުވީ ރައީސް ޞާލިހު ތަމްރީނު ކުރައްވަނީ ހިތްވަރު ގަދަ ކެރޭ ސިފައިން ކަމަށެވެ.

މާރިޔާގެ މި ވާހަކަފުޅު ތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވި ކެޕްޓަން އަލީ އިހުސާން ވިދާޅުވީ މާރިޔާއަކީ ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަމާއި އެއީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ނޫންކަން ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތުގައި އުޅުއްވި ބޭފުޅަކަށް ހަޖޫ ޖައްސަވައި ބޭރުގެ އަސްކަރިއްޔާތަކަށް ސަނާ ދެންނެވުން ބަލައެއް ނުގަނެވޭ." އިހުސާން ވިދާޅުވި އެވެ.

މާރިޔާގެ ވާހަކަފުޅާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ އިންސާނަކަށް ކުރިމަތިވި ހިތާމައެއްގައި އެއްވެސް ފަރާތަކުން އޭނާއަށް މަލާމާތްކޮށް ފުރައްސާރަކުރާ މޭރުމުން ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ. ހާއްސަކޮށް ވަޒީރެއްގެ މަގާމުގައި ހުންނަވައިގެން އެފަދަ ކަމެއް ކުރެއްވުން ވަރަށް ހުތުރުކަން ބޮޑުކަމަށް އިޔާޒު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ޑރ. ފައިރޫޝް ވިދާޅުވީ ދިވެހި ފަރުދަކަށް މިފަދައިން މަލާމާތް ކުރުމުން އަގު ވައްޓައިލެެވެނީ ހަމައެކަނި ދިވެހި ސިފައިންގެ މުއައްސަސާ ނޫން ކަމަށެވެ. މިކަމުގެ ސަބަބުން މިނިސްޓަރު މާރިޔާގެ ޝަހުސިއްޔަތާއިމެދުވެސް ސުވާލު އުފެދޭކަމަށް ފައިރޫޝް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި ފުރައްސާރަކޮށް މަލާމާތް ކުރުމުން އެނގެނީ މިސަރުކާރުގެ ބައެއް ވަޒީރުންގެ ފެންވަރު ކަމަށާއި މިވަރުގެ މީހުން ވަޒީރުކަމުގައި ބައިތިއްބަން ހެޔޮނުވާނެކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ސިޔާސީ ގިނަ ބޭފުޅުންނާއި ސަލާމަތީ ހިދުމަތަށް ހިދުމަތް ކުރެއްވި ބޭފުޅުން ގެންދަވަނީ ސަމަދު ޑީޕޯޓުކޮށްލުމަކީ ހަޖޫ ޖަހަންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ މިނިސްޓަރު މާރިޔާއަށް ފާޑު ވިދާޅުވަމުންނެވެ.

Ads by HDC
  1. ތަމެންދޯ

    މާރިޔާ އަކީ ޑިފެންސް މިނިސްޓަރު ކަމަށް ކުފޫ ހަމަވާ މީހެއް ނޫނޭ މިސަރުކާރުގެ މިނިސްޓަރުންނަކީ ދެން ދެއުއިޅި އެއް ނުވާ ބޮޑެތި ކަނޑުކޮހުންނޭ އެހެންވީމާ ކަނޑުކޮހުން ދައްކާނީ މުޅިން ވެސް ކަނޑުކޮސް ވާހަކަ ތަކޭ މާރިޔާ ގާތުން އެޕާރޗޭ އެއީ ކޯއްޗަކަށް ކިޔާ ނަމެއްތޭ އަހާލުމުން ބުނާނީ ތިޔާއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއް ހެންނޭ ހީވަނީ….

  2. ޑިމޮކްރަސީ

    އެމްޑީޕީ ގެ އިސް ސަފުގަ ތިބިމީހުން ދެރައެއްނުވާނެ ދިވހިރައްޔަތަކަށް ދެރަކަމެއްވެގެން އެމީހުން ވަރަށް ދެރަވާނެ އިންޑިއާ މީހކަށް ދެރަކަމެއްވެއްޖިއްޔާ

  3. ހިނގާދަމާ

    ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް އާއި ގުޅެމާ ހިނގާށެ ނަލަ ކުރަމާ މިވަތަންގެ އެންމެ ކަތުންގެ ދިރިއުޅުން އެމެން އެންމެ ބޮޑަށް ބިން ބޭނުންވެފައިވާ މާލެ ސަރަހައްދުގައި އޮތް ފުށިދިއްގަރު ފަޅު ހިއްކާ އެތަނުން ވަތަންގެ އެންމެ ކަތުންނަށް ގޯތި ދީގެން މިވަތަން އަށް ލިބޭ އާމްދަނީން ކުރާ ޚަރަދަކީ އެއީ ދެކޮޅު ޖެހޭ އެއްޗަކަށް ހަދަމާ ހިނގާށެ ނަލަ ކުރަމާ ދަރިންގެ ފަހި ކުރިމަގު ހިނގާ ރުވަން ފެންދީ އެމެންގެ ކުރިމަގު ހިނގާ އުޖާލާ ކުރަމާ އެންމެ ކަތުންގެ ދިރިއުޅުން ގާސިމް ވެރިކަމަށް ގެނެސްގެން ހިނގާ ނަފާ ހޯދަން މާލެ ސަރަހައްދުން ބިން ލިބިގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  4. އޮޅާލި

    މާރިޔަލަކީީ ގާނޫނުއަސާސީީ މައްޗައްް ކޮޅައްއަރާހުރެެ އެއީބޭކާރުު އެއްޗެއްކަމައްގޮވަމުންގެންދާާ އަންހެނެއްް އޭނާބޭނުންވާނީފައިސާފައިސާާ އާާ ބާރާއާރާާ ނުފޫޒުު އެވަރުގެެ ދަށުދަރަޖައިގެެ މީހެއްް މިގައުމައްއެއްވެސްް ލޯތްބެއްް ގަދަރެއްް އަސަރެއްްނޯންނާނެެ

  5. ރައްޔިތުންގެ ޓެކުސް ފައިސާ އިން މުސާރަ ނަގައިގެން ރައްޔިތުމީހާޔަށް ޖެއްސުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން !