ޚަބަރު

މިއީ ގައުމު ތަޖުރިބާކުރި އެންމެ އަނިޔާވެރި، ޚިޔާނާތްތެރި ވެރިކަން: އަދުރޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ ދިވެހި ތާރީހުގައި ރައްޔިތުން ތަޖުރިބާކުރި އެންމެ އަނިޔާވެރި، ޣަދަރުވެރި، ޚިޔާނާތްތެރި ވެރިކަން ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޞާލިޙްގެ މި ވެރިކަމަކީ މިހާތަނަށް ދިވެހި ގައުމު ތަޖުރިބާކުރި އެންމެ އަނިޔާވެރި، ޣަދަރުވެރި، ޚިޔާނާތްތެރި ވެރިކަން ކަމަށެވެ.

އަދި މި ސަރުކާރުން އަނިޔާވެރިވީ ދިވެހި ރައްޔިތުންނަށް ކަމަށާއި ޣައްދާރުވީ ގައުމަށް ކަމަށެވެ. “ޚިޔާނާތްތެރިވީ ދައުލަތަށް. ނަގާލީ މިނިވަންކަން. ހޯދީ އަޅުވެތިކަން. ޖެއްސީ އިންޑިޔާގެ ދަރަނި ދައްތުރައެއްގައި” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވާއިރު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގައި އުފުލި ތަކުލީފަށް ޖޯކު ޖެހި މައްސަލަ ހޫނުވެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ކިޔާ، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

  1. ހަންބެ

    އިނބަ ކޯޗެކޭ ކިޔާކަށްތައް ޅޭ އަދުރޭ ކަލޭ އަކަށް ޔާމީން ވެރިކަމުގެ ޖަރީމާ ކިތަންމެ ބާރަށް ފެލުނަސް އޮޅުވައެއް ނުލެވޭނެ