ޝައިޚު ޒައިދުގެ "ކައިވެނި" އަލްބަމް ރިލީޒްކޮށްފި

ޝެއިހް އަލީ ޒައިދު ޕްރޮޑިއުސްކޮށް ނެރުއްވާ ފުރަތަމަ އަލްބަމް "ކައިވެނި" މިރޭ ރިލީޒްކޮށްފިއެވެ.
ޒައިދުގެ ކައިވެނި އަލްބަމްނެރެދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރުއެވެ. އަލްބަމް ނެރުމަށް ބޭއްވި މިހަފްލާގައި ދީނީ ބައެއް އިލްމުވެރިންނާއި، މިއަލްބަމަށް މަދަހަ ވިދާޅުވި ލެއްވި ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ތާރައިގެ މިއުޒިކަށް ހަދާފައިވާ ކައިވެނީގެ ހަފުލާތަކަށް ހާއްސަ 16 މަދަހަ "ކައިވެނި" އަލްބަމްގައި ހިމެނެއެވެ/ މީގެ މަދަހަތައް ކިޔާފައިވާ ފަންނާނުންގެ ތެރޭގައި ޝަލަބީ އިބްރާހީމް، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އަދި ހުސައިން އަލީ ހިމެނެ އަދި ޝެއިހް އަލީ ޒައިދުގެ އަޑުވެސް މިއަލްބަމްގެ މަދަހައަކުން އިވިގެންދާނެއެވެ.
މިއަލްބަމް ރެކޯޑުކޮށްފައިވަނީ އަލް-ކައުން އަދި ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ. އަދި މި އަލްބަމް ކޮމްޕޯސްކުރެއްވީ ޝެއިޚް އަލީ ޒައިދެވެ. މި އަލްބަމްގެ މާސްޓަރިން ހަދާފައިވަނީ ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ.