ޚަބަރު ސިޔާސީ

ރައީސް ޞާލިޙަށް އެންމެ ގިނަަވެގެން ލިބޭނީ 40،000 ވޯޓު، އެއީ 15 އިންސައްތަ: ޢާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެންމެ ގިނަވެންވެސް ލިބިވަޑައިގަންނަވާނީ 40،000 ވޯޓު ކަމަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޢާޒިމް މިހެން ވިދާޅުވެފައިވަނީ، ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާއިން އަދަދެއް ފެނިއްޖެ ކަމަށާއި، އެއާއެކުގައި އެ މަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަން އިދިކޮޅަށްވެސް ޔަޤީން ކުރެވިއްޖެ ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

މާރިޔާ ވިދާޅުވެފައިވަނީ ވޯޓު ލައިގެން ވެރިކަން ނުލިބޭނެކަން އިދިކޮޅު ފަރާތްތަކަށް ޔަޤީން ކުރެވޭ ކަމަށާއި، އިދިކޮޅުން މަސައްކަތް ކުރަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ވެރިކަން ހޯދި ގޮތަށް، ހޯދަން ކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސް ޞާލިޙު ވެރިކަމުގެ ހުވާ ވެސް ކުރައްވާނެ ކަމަށެވެ.

މާރިޔާއަށް ރައްދު ދެއްވަވައި، ޢާޒިމް ވިދާޅުވީ ރައީސް ޞާލިޙަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަަމަށާއި، ރިޔާސީ އިންތިޚާބުގައި، އެ މަނިކުފާނަށް އެންމެ ގިނައިންވެސް ލިބިވަޑައިގަންނަވާނީ 15 އިންސައްތަ ވޯޓު ކަމަށެވެ.

 

Ads by Allied Insurance
  1. ކަލޯ

    އާޒިމުމެންކަހަލަ ފެއިލަރުންގެ ވޯޓެއް ބޭނުމެއް ނުވާނެ. ފިސްތޯލައަށް ބިރުންފިލި މުހައްމަދާ ދެމީހުން ޔާންޓޭ ގޮވައިގެން މަހައްދާންވީނު.