ޚަބަރު

ކޯލިޝަނަކަށް ދިއުމާމެދު ގޮތެއް ނިންމުމަށް މިރޭ އަދާލަތު ޕާޓީގެ ކުއްލި ބައްދަލުވުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޞާލިޙާއި އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ކުރިޔަށްދާނެ ގޮތެއް ކަނޑައެޅުމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ރައީސް ޞާލިޙްވަނީ، މިހާރު މި ސަރުކާރުގައި އެމަނިކުފާނާއެކު ކޯލިޝަންގައި ތިއްބެވި ޕާޓީތަކަށް، މިއަހަރުގެ އިންތިޚާބުގައި ކޯލިޝަންގައި ތިބުމަށް ދައުވަތު އަރުވާފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނެނީ، އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނީ ރައީސް ޞާލިޙްގެ މި ހުށަހެޅުމަށް ގޮތެއް ނިންމުމުގެ ގޮތުންނެވެ. މި ބައްދަލުވުން މިރޭ ބޭއްވުމަށް ތާވަލްކޮށްފައިވާކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު "ދެން"އަށް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ބައްދަލުވުމުގައި ކޯލިޝަނަކަށް ދިއުމާމެދު ގޮތެއް ނިންމަވުމަށް މަޝްވަރާ ކުރައްވާނެ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަކީ އެ ޕާޓީގެ އެންމެ އިސް ގުނަވަނެވެ. އެ މަޖިލީހުގައި 68 މެންބަަރުން ތިއްބަވާއިރު، އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޞާލިޙް ގެންދަވަނީ މިއަންނަ ސެޕްޓެންބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަނަކާއެކު ނިކުމެވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ. މިހާތަނަށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެމްއާރުއެމް އަދި ޖޭޕީން ވާހަކަ ދައްކާފައެއް ނުވެއެވެ. އަދާލަތު ޕާޓީގެ މި ބައްދަލުވުމާއެކު، އެ ޕާޓީ ވެގެންދާނީ ކޯލިޝަން މަޝްވަރާއެއް ޕާޓީގެ އެތެރޭގައި ކުރެވޭ ފުރަތަމަ ފަހަރަށެވެ.

Ads by HDC
  1. ސަންފަ

    ކޮން ބައްދަލު ވުމެއް ކޯލިޝަނަކަށް ދާން ޖެހޭނީ ސަރުކާރުގެ ތައްޕާހުން މަގާމާ އެހީތައް ބޭނުން ނަމަ މަޖްލިހުން ގޮނޑިއެއް ނުލިބޭ ބައެއް ކޯލިޝަނޭ އެބަ ކިޔައެއްނު

  2. ހިނގާދަމާ

    ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން ތަރައްގީ ގައިމު މިފަހަރު ވެރިކަމަށް ގެންނަމާ ފިކުރެއްގެ ދިރުން މާލީ ވަޒީރަކަށް ހަދައިގެން ތައްލީމީ ވަޒީރަކަށް ޑރ. އުގައިލް އަދި ޓޫރިޒަމް މިނިސްޓަރަކަށް ސަންސިޔާމް ޚާރިޖީ ވަޒީރަކަށް ޔާމީން އަދި އުމަރު ނަސީރު ދާޚިލީ ވަޒީރަށް އަދި ކާރނަލް ނާޒިމް ދިފާއީ ވަޒީރަކަށް މިފަދަ އެކަތަ ވަރުގަދަ ވަޒީރުންގެ މަޖްލީހަކަށް ވަތަން ވަނީ ބޭނުންވެފައޭ ހިނގާ އުޖާލާ ކުރަމާ މިއުދަރެހާއި މިފަލަކު މިވަތަންގެ އެންމެ ކަތުން އެދޭ ގޮތަށް ހިނގާ މަމެންނާއި އެކުދާން ނުވާނަމޭ ވަރުބަލި މިވަތަން އެދޭ ގޮތަށް ވަތަންގެ މިސްރާުބު ބަދަލު ކޮށްފައި މެނުވީ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ހިނގާ ބަހީ އާދޭ ގާސިމް ރާއްޖޭގެ ރައީސް ކަމަށް ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  3. ހިނގާދަމާ

    ހިނގާށެ ނަލަކުރަމާ މިވަތަންގެ އެންމެ ކަތުންގެ ކުރިމަގު އެއިން ކޮންމެ ކަތަކަށް މާލެ ސަރަހައްދުން ގޯއްޗެއްދީގެން ހިނގާ ރުވަން ފެންދީ އާރޯކުރަމާ އެމެންގެ ފަހި ކުރިމަގު ހިނގާ އުޖާލާ ކުރަމާ މިވަތަންގެ އުދަރެހާއި މިފަލަކު ހިނގާ ނަފާ ހޯދަން މާލެ ސަރަހައްދުގައި ވިޔާފާރި ކޮންމެ ކަތަކު ކޮށްގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް ހޮވަމާ ހިނގާ ދެމާ ވޯޓެއް ގާސިމް އެއީ އެއްވަނައޭ ހިނގާ ހޮވަން އެންމެން ގާސިމް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  4. ހިނގާދަމާ

    ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން ގާސިމާއި އަންނި އާއި ސަންސިޔާމް އަދި އުމަރު އަދި ކާރނަލް ނާޒިމް އަދި ޔާމީން އެކުވެގެން އުފައްދާ ގުޅުން އެއީ ދެން ރާއްޖޭގައި ވެރިކަން ކުރާ ގުޅުން ކަމުގައި ހަދަމާ ހިނގާ ދަމާ މިރާއްޖޭގައި ދެން ވެރިކަން ކުރާ ވަޒީރުންގެ މަޖްލީހަކީ އެއީ ކިޔަވައިގެން ތިބި އަދި ތަޖްރިބާ ލިބިފައިވާ އަދި އެއީ ބަނޑުއަކިރިން ނޫން ކަން ރައްޔިތުން ބުނާވަރު ކުރަމާ ހިނގާށެ ނަލަކުރަމާ ދަރިންގެ ފަހި ކުރިމަގު ހިނގާ ރުވަން ފެންދީ އާރޯކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށަލާ ނަށާލާ ނަށާލާ ނަށާލާ….