ރައީސް ޔާމީނާ ނުލައިވެސް، ޕީޕީއެމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން މަޖުބޫރުވާނެ: މަވޯޓާ
އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ނުލައިވެސް އިދިިކޮޅުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކަމަށާއި، އެ ނޫން "ޗޮއިސް"އެއް ނެތް ކަަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.
މަވޯޓާ މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓްތަކެއްގައެވެ. އޭނާ ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ އަށް ރައީސް ޔާމީނާ ނުލައި ވެސް އިންތިހާބުގައި ވާދަކުރަން މަޖުބޫރުވާނެ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
މަވޯޓާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ނުލައި ވެސް އެ އިދިކޮޅު ކޯލިޝަނަށް ވާދަކުރަން މަޖުބޫރުވާނެ މައިގަނޑު ސަބަބަކީ އިންތިޚާބުގައި ވާދަނުކޮށްފި ނަމަ ޕާޓީގެ ސިޔާސީ ހައިސިއްޔަތަށް އަސަރުކުރާނެތީ ކަމަށެވެ. އަދި އޭގެ ފައިދާ އެހެން ޕާޓީތަކުން ނަގާނެ ކަމަށް ވިދާޅުވިއެވެ.
މަވޯޓާ ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކޮށްފިނަމަ، އެ ޕާޓީގެ ޕޮލިޓިކަލް ރެލެވެންސް ގެއްލި އެ ޕާޓީން ދޫކޮށްލާ ޕޮލިޓިކަލް ސްޕޭސް އެހެން ޕާޓީއަކުން ނަގާނެ ކަމަށާއި، އެހެން ކެންޑިޑޭޓަކު ނެރުމަކީ އޮތް ޗޮއިސްއެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބަށް ވާދަނުކޮށްފި ނަމަ ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި ދެމިއެއް ވެސް ނޯވެވޭނެއެވެ.
މަވޯޓާ ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި، އެންމެ ގާތުން ވާދަ ކުރާނެ ކަމަށް ބެލެވެނީ ޕީޕީއެމްއާ އެމްޑީޕީ ކަމަށްވެސް ވިދާޅުވެފައެވެ.
މީކާކުތަ މާފުއްޕާފަ އުޅެން