ޚަބަރު ސިޔާސީ

ޕީޕީއެމް އޮތީ ކެތްތެރިކަމާ ސާބިތުކަމާއެކު އެއް އަޒުމެެއްގައި: ޣައްސާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އޮތީ، އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ލަފާފުޅާއެކުގައި ކެތްތެރިކަމާ އިޙްލާސްތެރިކަމާއެކުގައި އެއް އަޒުމެއްގައި ކަމަށް ޕީޕީއެމްގެ އެއް ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޣައްސާން މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނައިރު، ކޯލިޝަނެއްގެ ގޮތުގައި ނުކުންނަން އެމްޑީޕީން ހުށަހެޅި ހުށަހެޅުން، އެމްޑީއޭއިން ޤަބޫލު ކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން ވިދާޅުވީ ހިތްވަރާއެކުގައި، ޘާބިތުވެ، މަސައްކަތުގައި ޕީޕީއެމުން ދެމިއޮތް ކަމަށާއި، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީވެސް، ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައިވާއިރު، އިދިކޮޅުން މަސައްކަތް ކުރަމުން އަންނަނީ އިންތިޚާބުގެ ކުރިން އެ މަނިކުފާނު މިިނިވަން ކުރުމަށެވެ.

އެމްޑީއޭއިން، އެމްޑީޕީއާއެކުގައި ކޯލިޝަން ހެދިއިރު، ސަރުކާރުގެ ބޮޑު ހިއްސާއެއް އެމްޑީއޭއަށް ދިނުމަށް ހުށަހެޅި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެމްޑީއޭއިން މީގެ ކުރިން ކޯލިޝަން ހަދަމުން އައި ޕީޕީއެމްއާއެކުގައި މި ފަހަރުވެސް ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރި ނަމަވެސް، ޕީޕީއެމަށްވުރެ ކުރިން އެ ޕާޓީން ބައްދަލުކޮށްފައިވަނީ އެމްޑީޕީއާއެވެ. އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީންވެސް ނިންމީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށެވެ.

  1. މަހުރަމް

    ޢަޒުމް ޖީބުގަ ބާއްވައިގެން ފައި ހަލުވާލަހަލުވާލާ ކަލޭމެން ތިބޭ އެހެންމީހުން ނިކުމެ ރޭސް ނިންމާތަން ބަލަން