ޚަބަރު

އަޒްލީނާގެ ގާތިލް ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

2001 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ ގާތިލު އަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

Ads by STELCO

ދިއްފުށީ ކައުންސިލުން “ދެން”އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ޒުހައިރު ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު އަތިރީގައި ހުރި ޖޯއްޔެއްގައި އޮއްވާ ކަމަށެވެ.

ޒުހައިރު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ މިހާރު ދިރިއުޅެމުންދާ ކ. ދިއްފުށީގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުލިގެން ފުލުހުން ވިދާޅުވީ ދިއްފުށީ އުތުރު ފަރާތު އަތިރީގައި ހުރި ޖޯއްޔެއްގައި ހަބަރު ހުސްވެފައި އޮތް މީހެއް ފެނިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު މިއަދު 12:20ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށާއި ނިޔާވެފައިވަނީ 48 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by Ooredoo
  1. ސަމާލު

    2001 ގައި މީހަކު މަރާލުމުން 25 އަހަރަށް ޖަލަށްލި މީހަކު 2023 ގައި ރަށެއްގެ އަތިރިމތީގައި މަރުވެފަ އޮތްވާ މިފެނީ، އަރަތެއް.

    • ކީކޭބުނާނީ

      ޢަޥަާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ،ﷲ
      <{؟|"އ