ޚަބަރު ސިޔާސީ

ވައްޑެ ވިދާޅުވަނީ ސަރުކާރަށް ޖޭޕީ ކޮންޓްރޯލް ނުކުރެވުނު ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތް ނަމަވެސް އެ ޕާޓީގެ ކޮންޓްރޯލް ސަރުކާރަށް ނެގިފައި ނެތުމަކީ ޖޭޕީގެ ވަރުގަދަ ސިފައެއް ކަމަށް އެމްޑީޕީގެ ރައީީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖޭޕީން ރައީސް ޞާލިޙާއެކުގައި ކޯލިޝަން ހަދަން ނިންމައިފައި ނުވާއިރު، ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ޤައުމީ މަޖިލީހާއި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިސް މެމްބަރުންނަށް ވަޒީފާ އާއި ހަދިޔާތައް ދީގެން ސަރުކާރުން ކޮންޓްރޯލް ނަގާފައިވާ ކަމަށެވެ.

"އެ ބީދައިން ޖުމްހޫރީ ޕާޓީގެ ގުނަންތަކުގެ ކޮންޓްރޯލް ސަރުކާރަށް ނުނެގުނުކަމީ އެ ޕާޓީން ފެނުނު ވަރުގަދަ ސިފައެއް." އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ވާދަކުރައްވާއިރު، ޖޭޕީ އަދިވެސް އޮތީ ރައީސަށް ތާއީދު ކުރަން ނުނިންމައެވެ.

އެ ޕާޓީގެ ހަތަރު ވަނަ ޤައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ލީޑަރު ޤާސިމް އިބްރާހީމް ވަނީ، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި ވާހަކަވެސް ދައްކަވައިފައެވެ. ޖޭޕީީން ވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނަންވެސް ނިންމައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!