ޚަބަރު

ދުނިޔޭގައި އިންސާނާ ކިތަަންމެ މުދަލެއް ހޯދިޔަސް އެއީ ވަގުތީ އެއްޗެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދުނިޔޭގައި އިންސާނާ ކިތަަންމެ މުދަލެއް ހޯދިޔަސް އެއީ, ވަގުތީ އެއްޗެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެެވެ.

Ads by MWSC

މިއަދުގެ ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ “ހަގީގީ ހަޔާތަކީ އުހްރަވި ހަޔާތް" މިއެވެ

ހުތުބާގައި ބުނެފައިވަނީ ދުނިޔޭގައި ކިތަންމެ މުދަލެއް ހޯދިޔަސް އެތަކެއްޗަކި ފަނާވެގެންދާނެ އެއްޗެއް ކަމަށެވެ. އަދި ދުންޔަވީ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެއީ މާތްالله ރުއްސަވާ ގޮތަށް ކުރާ މަސައްކަތްތަކަށް ވާން ޖެހޭ ކަމަށް ހުތުބާގައި ބުުންޏެވެ. އެއީ މާތްاللهގެ މަގުން އެއްކިބާ ކުރާ މަސައްކަތްތަކަކަށް ހަދައިގެން ނުވާނެ ކަމަށާއި ނަމަވެސަ ބައެއް އަފްރާދުންގެ އަމަލުތައް ހުންނަނީ ހިތާމަކުރަންޖެހޭފަދަ ގޮތަކަށް ކަމަށް ހުތުބާގައި ބުންޏެވެ. 

އަދި އެބައިމީހުން ދުނިޔެއާއިމެދު ދަހިވެތިވެ, މުދަލާއިގެން މުސްއޫލުވުމުގެ ސަބަބުން ނަމާދު ކުރަން ވަގުތު ނުވާ ކަމަށާއި މުދާ ހޯދުމުގައި ހަރާމެއް, ހަލާލެއް ބެލުމެއް ނެތް ކަމަށް ހުތުބާގައި ބުންޏެވެ. މީގެ އިތުރުން މީހެެއްގެ ހައްގަކަށް އަރައިގަތުމަކީ އެއްވެސް ކަމެއް ކަމުގައި އެފަދަ މީހުން ނުދެކޭ ކަމަށާއި ދުންޔަވީ ކަންކަމާހެދި ތިމާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާ ގުޅުން ކަނޑާލާ ކަމަށް ހުތުބާގައި ބުންޏެވެ.

އެފަދައިން ކަންތައް ކުރަމުންދާއިރު އެބައިމީހުން މަރުވާނެކަމާއި އެއަށްފަހު މާތްاللهގެ ހަޒްރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ހަނދާން ނެތީތޯ ހުތުބާގައި ސުވާލުކޮށްފައިވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!